މާލީ ވަޒީރު ހަސަން ޒަރީރު- ފޮޓޯ/ މަޖިލިސް
މާލީ ވަޒީރު ހަސަން ޒަރީރު- ފޮޓޯ/ މަޖިލިސް
ހަބަރު 29 Oct 2026 | 08:50

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައިދެއްވީ މާލީ ވަޒީރު ޙަސަން ޒަރީރެވެ.

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ.

ހުށަހެޅުނު ބަޖެޓުގެ ތަފުސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އާމްދަނީގެ އަންދާޒާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2027 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުންދާނެ ކަމަށް ލަފާކުރައްވައި ވަޒީރު ވިދާޅުވީ، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށްޓަކައި ރައްޔިތުން އަތުން ނަގާ އެއްވެސް ޓެކުހެއް މަތިނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ޓެކްސް ނިޒާމު ހަރުދަނާކޮށް، ނިޒާމުގައި ހުރި ބާގަނޑުތައް ބައްދައި، ގާނޫނުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމެވެ.

މިގޮތުން، މި އަހަރު ތަޢާރަފުކުރި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ގެ ބޭނުން އިތުރަށް ފުޅާކުރުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޒަމާނީ "އީ-އިންވޮއިސިންގ" ނިޒާމެއް ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ފުރިހަމައަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ގަވާއިދުތަކަށް ބޯލެނބުން އިތުރުކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީން ބަލަހައްޓާ ގޮތަށް ބަދަލުކުރުމަށާއި، ޓެކުހާ ގުޅޭ ޤާނޫނުތަކަށް އިސްލާހު ގެނައުމަށް މި ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
29 Oct 2026 ހަބަރު

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ހާއްސަ ރަށެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ

 ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
29 Oct 2026 ހަބަރު

ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ހުޅުމާލޭގެ ފިހާރައެއްގެ ތެރޭގައި ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ ޖަހަންގިރް މިއާ، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު
29 Oct 2026 ހަބަރު

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭނީ ދައުލަތުގެ ޓެކްސް ނިޒާމު މިހާރަށްވުރެ އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދާލުމަށް ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު
29 Oct 2026 ހަބަރު

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު

މާލީ ވަޒީރު ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި
29 Oct 2026 ހަބަރު

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި

ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
29 Oct 2026 ހަބަރު

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފުރިހަމަ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކެންސަރުގެ ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް )ޑީސީއޯއެސް( ހުޅުމާލޭގައި ޤާއިމުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް )އެމްސީޖީއެޗް( އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި
29 Oct 2026 ހަބަރު

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

އެ މަގާމަށް މޫސާ އަލީ ޖަލީލް އިއްޔެ އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވަނީ ”ވޮއިސް“ އަށް ކަށަވަރުކޮށްދެއްވާފައެވެ.