މެންގޯ މުޑިން
މެންގޯ މުޑިން
ލައިފްސްޓައިލް 04 Mar 2025 | 04:14

މިއަދު ރޯދަ ވީއްލާ ގަޑިއަށް، އައިސް އަލަމާރީގައި ގިނަ ވެފަ ހުރި އަނބުތަކުން އަނބު ޕުޑިން ހަދާލަމާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މި ދުވަސްވަރަކީ އަނބު މޫސުން ކަމުން، ވަރަށް ގިނަ ގޭގޭގައި އަނބު ގިނަވެ، އެއިން ތައްޔާރު ކުރާނެ އެއްޗެއް ނެތީގެން އުޅެން ވަނީ ޖެހިފައެވެ. ނޫނީ އަނބުން މީރު އެއްޗެއް ހަދާލައިގެން ކާލާ ހިތްވެފައި، ހަދާނެ އެއްޗެއް ކަނޑަނޭޅިގެން އުޅޭ މީހުން މަދެއް ނޫނެވެ. އެހެން ކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ އަނބުން މީރު ޑިޝްއެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

250ގ އަނބު (އޮށް ނަގައި ތޮށި މަށައި، ކޮށާފައި)

250ގ ހެވީ ކްރީމް

250 މިލިލީޓަރ ފުލް ކްރީމް ކިރު

40ގ ހަކުރު

15ގ ޖެލަޓިން

އަނބު ކިޔުބްކޮށް ކޮށާފައި (ގާނިޝް ކުރުމަށް)

ތައްޔާރު ކުރާނެ ގޮތް

1) އައިސް ފެން ތަށްޓެއްގެ ތެރެއަށް ޖެލަޓިން ޝީޓްތައް ލާފައި ފޯކުރަން ބަހައްޓާފައި، ފޯ ވުމުން، ތަވައަކަށް އަޅައި އެ ގިރެންދެން ހަލުވަމުން ކައްކާށެވެ.

2) އަނބުގެ ތެރެއަށް ކިރުފޮދު އަޅައިގެން މިކްސްސަރުން ރަނގަޅަށް އަނބު ޕިޔުރީ ހަދާލާށެވެ.

3) ދެން އެ ޕިޔުރީ ތަށްޓަކަށް އެޅުމަށްފަހު، އޭގެ ތެރެއަށް ޖެލަޓިން އެޅުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ.

4) އެއަށްފަހު ވިޕް ކްރީމާއި ހަކުރު ރަނގަޅަށް ވިޕް ވަންދެން ހޭންޑްމިކްސަރުން މިކްސް ކުރާށެވެ. ވިޕް ވުމުން، އަނބު މިކްސްސަރ އެއަށް އެޅުމަށްފަހު އެވެސް އެކުލަވާލާށެވެ.

5) ދެން ތަށި ތަށްޓަށް ޕުޑިން އަޅާލުމަށްފަހު މަދުވެގެން 4 ގަޑިއިރުވަންދެން އައިސް އަލަމާރިއަށްލައި ފިނި ކޮށްލާށެވެ. ފިނި ވުމުން، ގާނިޝްކުރުމަށް ބެހެއްޓި އަނބު ކޮޅު އަޅާލައިގެން ކާންވީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...