ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިންޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރެއްވުން: ފޮޓޯ/ އުރީދޫ
ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިންޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރެއްވުން: ފޮޓޯ/ އުރީދޫ
ވިޔަފާރި 10 Sep 2024 | 11:35

ރާއްޖޭގައި ހުރި ގަތަރުގެ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓް، އުރީދޫ މޯލްޑިވްސް އަށް ގަތަރު ސަފީރު ޒިޔާރަތްކުރައްވައިފި!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިންޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރައްވައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިން ހިޒް އެކްސެލެންސީއަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނެފައިވާ ގޮތުން، މިޒިޔާރަތުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައިފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ކުރިއެރުވުމުގައި އުރީދޫމޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އިނޮވޭޝަން ކުރިއެރުވުމުގައި އުރީދޫމޯލްޑިވްސްއިން އަދާކުރާ ދައުރާއި، މުޖުތަމަޢަށް އަމާޒުކޮށްގެން ކުރިއަށް ގެންދާމަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިންޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރެއްވުން: ފޮޓޯ/ އުރީދޫ

މި ދަތުރުފުޅުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްއަށް ޒިޔާރަތްކުރައްވައި، ކުރަމުން ގެންދާ ހާއްސަ ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓީމްތަކާ ސަފީރު ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިމުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށް ގެންދާމަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަފީރު ވަނީ މައުލޫމާތު ހޯދަވާފައެވެ.

"އުރީދޫ މޯލްޑިވްސްއަށް ހިޒް އެކްސެލެންސީ ޖާސިމް ބިން ޖަބީރްޖޭބީ އަލް-ސުރޫރު ޒިޔާރަތްކުރައްވާ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަކީއަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ސަފީރުގެ ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށްއަލިއަޅުއްވާލައްވައި އުރީދޫގެ ސީއީއޯ ވިދާޅުވުއެވެ.

ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިންޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރެއްވުން: ފޮޓޯ/ އުރީދޫ

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލްޓްރާންސްފޯމޭޝަން ހިންގުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް ޔަޤީންކަންލިބިގެންދާ ކަމަށް އުރީދޫއިން ބުނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވީ އުރީދޫ މޯލްޑިވްސް އާއި ގަތަރާ ގުޅިގެން ކުރަމުންދާމަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެޤައުމުގެކުރިއެރުމާއި، ދެޤައުމުގެ މެދުގައި ކާމިޔާބަށް މަސައްކަތް ކުރުމަށް ދެ ފަރާތުގެވައުދާއެކުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...