ފައިސާތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން އާންމު ރައްޔިތަކު ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން ފަށައިފިއެވެ.
އާންމު ފަރާތަކުން ހޮވައިގެން ފައިސާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ފައިސާތަކުގެ ވެރިވަރާތުން ފުލުހުންގެ އިދާރާއަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ، ފައިސާއާ ހަވާލުވެލެއްވުން ފުލުހުން ވަނީ އެދިފައެވެ.
ލޯކަލްމާރުކޭޓު ސަރަހައްދުން ފައިސާތަށް ހޮވާފައިވަނީ ކޮންފަރާތަކުންކަމެއް އަދި ފައިސާގެ އަދަދެއް ފުލުހުން ހާމައެއްނުކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް