ގާނޫނީ ފަންނުގެ ބިލް ފާސްކޮށްފި
ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ވަކިން ކައުންސިލެއް އުފެއްދޭގޮތަށް ގާނޫނީ ފަންނުގެ ބިލް ފާސްކޮށްފިއެވެ.
މި ބިލް ފާސްކޮށްފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ބިލް ފާސްކުރީ 69މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލް ހުށައަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މިއީ ގާނޫނީ ވަކީލުން މިނިވަން ކުރުމުގެ ގާނޫނެއް ކަމަށާއި ބިލުން ބިރުވެެރިކަމެއް ނެތި މިނިވަން ކަމާއެކު ވަކާލާތު ކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ލިބިގެންދާނެ ކަމަށެވެ.
މި ބިލުގައި ވާގޮތުގައި ބާ ކައުންސިލެއް އުފެދުމުން ވަކީލުންނަށް ހުއްދަ ދިނުމާއި ވަކީލުންގެ މައްސަލަތައް ބެލުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ބަލަހައްޓާނީ އެކައުންސިލުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް