މިރޭގެ އަލިފާނުގެ ހާދިސާ: ހާލު ދެރަވި އަންހެނަކަށް ފަރުވާ ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިރޭގެ އަލިފާނުގެ ހާދިސާގައި ހާލު ދެރަވި އަންހެނަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިރޭގެ ހާދިސާގައި ދުމުގެ އަސަރު ކޮށް ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެކްސްގައި ކުރި ޕޯސްޓެއްގައި އެންޑީއެމްއޭއިން ބުނެފައިވަނީ، އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައި ކަމަށާއި، އަލިފާންގަނޑުވަނީ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
އެ އިދާރާއިން ބުނީ ގުދަން ހުރި ސަަރަހައްދުގެ 4 ގެޔަކުން 32 މީހަކު، ސޯޝަލް ސެންޓަރުގައި މިވަގުތު ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ވަގުތީގޮތުން ގެންދެވިފައިވާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް