N/A
N/A
ހަބަރު 11 Dec 2019 | 20:05

ފެންވަރު ރަނގަޅު ކުޑަކުދިންގެ ވާހަކަ "މަވެށި" ފޮތްބައި ނެރެފި

ރާއްޖޭގައި މިހާތަނަށް ނެރެފައިވާ އެންމެ ރަނގަޅު ފެންވަރެއްގައި ނެރެފައިވާ ވާހަކަ ފޮތްބައި ނެރެފައިވަނީ ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އާރޓްސް އެންޑް ކަލްޗަރ ޔުމްނާ މައުމޫނެވެ. މި ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު ގެ އިތުރުން ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަށްފުށުގެ ވެށީގެ ގިނަ ނަންތަކެއް ހިމަނައިގެން ވެށީގެ މައުލޫމާތުތައް ހިމެނޭ ގޮތައް ލިޔެފައިވާ "މަވެށި" ވާހަކަ ފޮތްބަޔަކީ ކުޑަކުދިންނަށް ޙާއްސަކޮށްގެން ލިޔެފައިވާ، ފޮތްބައިގައި ހިމެނޭ ފަސް ވާހަކަ ފޮތަކީ ”އެކުވެރި ތިން މިޔަރު“، ”ބުއްދިވެރި ފިނދަނަ“، ”ނަސީބުދެރަ ކޮވެލި“، ”ކިބުރުވެރި ބުޅާ“، ”ކޮކާލުގެ ހުވަފެން“ އެވެ. މި ވާހަކަތައް ނެރެފައިވަނީ ”މަވެށި“ ސީރިސްގެ ނަމުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށް ދިވެހިން ވާހަކަ ފޮތްތައް ނެރުން ވަރަށް މުހިންމު ކަމަށާޢި އެއީ އަބަދުވެސް ހިތްވަރު ދެއްވާނެ ކަމެއް ކަމަށެވެ. ކުޑަކުދިން އަބަދު އިނގިރޭސި ވާހަކަ ދައްކައި ދިވެހި ބަސް ދެކެ ފޫހިވަމުންދާއިރު މިފަދަ ވާހަކަ ފޮތްތަކުން ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ޝައުގުވެރިކަން އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލިއުމުގެ ގޮތުން ދިވެހި ބަހުގެ ހަމަތަކާއި ފޮތުގެ ފެންވަރު ރަނގަޅު ފޮތް ބަޔެއް ދިވެހި ބަހުން ނެރެދެއްވިކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ވާހަކަ ފޮތް ބަޔާ ގުޅޭ ގޮތުން ވާހަކަ ދައްކަަވަމުން ފޮތުގެ މުސައްނިފް ހުސައިން ޝަހުދީ ވިދާޅުވީ އެ ވާހަކަތަކަކީ އޭނާގެ ދަރިންނަށް ނިދާ ގަޑީގައި ކިޔައިދިން ވާހަކަތަކެއް ކަމަށެވެ. ވާހަކައެއް ސިފައެއްގައި ފޮތްތައް ލިޔުނީ އެހެން ކުދިންނަށް ވެސް އެ މެސެޖްތައް ފޯރުކޮށްދެން ބޭނުންވާތީ ކަމަށާއި ޖަޒީރާ ވެށީގައި ހިމެނޭ ނަންތަކާއި ދޫނި ސޫފާސޫފި އަދި ވެށީގައި އުޅޭ ދިރޭތަކެތީގެ ނަންތަކަށް ކުދިން އަހުލުވެރި ކުރުމުގެ ބޭނުމުގަ އެވެ.

”މަވެށި“ގެ ކޮންމެ ވާހަކައެއްގައި ވެސް އިބްރަތަކާއެކު އާ ބަސްތައް ދަސްކޮށްދީފައިވެ އެވެ. އަދި ތިމާވެށީގެ މުހިންމުކަން ފާހަގަކޮށްދީފައިވެ އެވެ. މި ވާހަކަ ފޮތްތައް ފަރުމާކޮށްފައިވަނީ ޒަމާނާއި ގުޅޭހެން ކުލަގަދަ ގިނަ ކުރެހުންތަކާއެކު ޝައުގުވެރި ފެންވަރު ރަނގަޅު ގޮތަކަށެވެ.

ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހުދީ ކުޑަކުދިންނަށް ހާއްސަކޮށް ލިޔުއްވާފައިވާ ވާހަކަ ފޮތްތައް ނެރެ ވިއްކަންވަނީ ފަށާފަ އެވެ. މި ވާހަކަ ފޮތްތައް މިހާރު މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ ކަމަށް ވާހަކަ ޕަބްލިޝާސްއިން ބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...