ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ތިބި ދިވެހީން
ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ތިބި ދިވެހީން
ދީން 08 May 2026 | 07:59

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ހުކުރު ޚުތުބާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކެރިކުޅަދާނަވެއްޖެ މީހާ، އެކަމަށް އަވަސްވެގަތުމަށާއި، ހެޔޮ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.

"ހެޔޮ ގޮތުގައި ވެވޭ ޙައްޖު" މި މައުޟޫއަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޙައްޖު ވާޖިބުވުމަށްފަހު އެކަމަށް ކުޅަދާނަކަން ލިބުމާއެކު ލަސްނުކޮށް ޙައްޖުވުމަކީ ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އެގޮތުން މާދަމާ ދިމާވާނީ ކޮންފަދަ ކަމަކާކަން އެކަކަށްވެސް ނޭނގޭނެތީ، ފަރުޟު ޙައްޖު އަދާކުރުމަށް އަވަސްވެގަތުމަށް ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ކުޅަދާނަކަންލިބިގެންވާ މީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުމަކީ ވާޖިބެކެވެ. އަދި ޙައްޖުވުމަށް ކެރިކުޅަދާނަވުމުގެ މާނައަކީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން އެކަމަށް ކުޅަދާނަވުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ. ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެކަން ބަޔާންކޮށް، ޚުތުބާގައި ބުނީ ޢުމްރާއަކީ ދެ ޢުމްރާ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. عُمْرَةވުމަކީ، ދެ عُمْرَة ދެމެދުގައި ކުރެވޭ ކުދިފާފަތަކަށް ކައްފާރާއެކެވެ. އަދި ފާފަތަކުން އެއްކިބާވެ ހެއު ގޮތުގައި ވެވޭ حجّއަށް ހަމަކަށަވަރުން ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ."

ޙައްޖުގެ އަޅުކަން މާތް اللهގެ ޙަޟުރަތުގައި މަޤުބޫލު އަޅުކަމަކަށް ހެދުމަށްޓަކައި، އެކަމުގައި ހުރި ޝަރުޠުތައް ފުރިހަމަކުރުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ. އޭގެ ތެރޭގައި:

އިޚްލާޞްތެރި ތައުބާއަކުން ތައުބާވުން.

ދަރަންޏާއި މުދަލުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.

ޙައްޖުގެ ޚަރަދުތަކަކީ ޙަލާލު މުދަލުން ކުރާ ޚަރަދުތަކަކަށް ހެދުން.

ދެއްކުންތެރިކަމުން ދުރުހެލިވެ، الله އަށްޓަކައި އިޚްލާޞްތެރިވުން.

ޙައްޖާއި ޢުމްރާގެ ޙުކުމްތައް އުނގެނި ދަސްކުރުން.

މީގެ އިތުރުން، ހެޔޮ ގޮތުގައި ޙައްޖު ވެވުނުކަމުގެ ޢަލާމާތަކީ ޙައްޖަށްފަހު އެމީހެއްގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވެ، الله މަނާކުރެއްވި ކަންކަމުން ދުރުހެލިވެ، ކިޔަމަންތެރިކަން އިތުރުވުން ކަމުގައި ޚުތުބާގައި ފާހަގަކުރިއެވެ.

ޙައްޖުގެ ވަގުތުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ޙައްޖަށް އިޙްރާމް ބަނދެވޭނީ ޝައްވާލް، ޛުލްޤަޢިދާ އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ކަމަށެވެ. އަދި ޙައްޖުގެ އެންމެ މުހިންމު އެއް ރުކުނަކީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ޢަރަފާތް ބިމުގައި ހުރުން ކަމަށާއި، އެ ރުކުން ފުރިހަމަނުކޮށްފި މީހަކަށް އެ އަހަރުގެ ޙައްޖު ނުލިބޭނެ ކަމަށްވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ
12 Oct 2026 ހަބަރު

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކ...

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...