ސިނަމަން ރޯލްސް
ސިނަމަން ރޯލްސް
ލައިފްސްޓައިލް 14 Mar 2024 | 06:16

މިއޮތީ ބޭކް ކުރާ ހިތްވާ ކުދިން ޓްރައިކޮށްލަން ސަޅި އެއްޗެއް

ސިނަމަން ރޯލްސް އަކީ ގޭގައި ވެސް ތައްޔާރުކޮށްލަން ފަސޭހަ އެއްޗެކެވެ. ސިނަމަން ރޯލްސް ފިހަމުންދާއިރު ވެސް ގޭތެރެއިން ދުވާނީވެސް އެހާ ހިތްގައިމު ވަހެކެވެ. އެހެންކަމުން މިއަދު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް ފަސޭހައިން މީރުކޮށް ސިނަމަން ރޯލްސް ތައްޔާރު ކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ފުށްގަނޑަށް ބޭނުންވާ ތަކެތި:

1) 1 ޖޯޑު ތާފަނާ ފުލް ކްރީމް ދިޔާ ކިރު

2) 2 1/2 ސައިސަމުސާ އިންސްޓެންޓް ޔީސްޓް

3) 2 ބިސް

4) 1/3 ޖޯޑު އަންސޯލްޓެޑް ބަޓަރ

5) 1/2 ޖޯޑު ހަކުރު

6) 1 ސައިސަމްސާ ލޮނު

7) 4 1/2 ޖޯޑު ފުށް

ފިލިންގ އަށް ބޭނުންވާ ތަކެތި:

1) 1/2 ޖޯޑު އަންސޯލްޓެޑް ބަޓަރ

2) 1 ޖޯޑު ބްރައުން ޝުގަރ

3) 2 މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ)

4) 1/2 ޖޯޑު ހެވީ ކްރީމް

އައިސިންގ އަށް ބޭނުންވާ ތަކެތި:

1) 3/4 ޖޯޑު ކްރީމް ޗީޒް

2) 1/3 ޖޯޑު އަންސޯލްޓެޑް ބަޓަރ

3) 2 ޖޯޑު އައިސިން ޝުގަރ

4) 1/2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

1) ބޮޑު ތަށްޓަކަށް ކިރު އެޅުމަށްފަހު އޭގެ މައްޗަށް ޔީސްޓް އަޅާ، 3-4 މިނިޓް ވަންދެން ބަހައްޓާލާށެވެ. ޔީސްޓް އެކްޓިވޭޓް ވާނަމަ ކުދި ކުދި ބޮކި ޖަހަންފަށާނެއެވެ. މިފަދައިން ނުވާނަމަ ޔީސްޓް ގެ ބާރު އެހުރީ ކެނޑިފައެވެ. ދެން ޖެހޭނީ އަނެއްކާވެސް އާ ޔީސްޓް ހޯދައިގެން އަލުން ފަށާށެވެ.

2) ދެން ތަށީގެ ތެރެއަށް ބިހާއި، ބަޓަރާއި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

3) އެއަށްފަހު ލޮނާއި ފުށް އަޅާލުމަށްފަހު ޕްލާސްޓިކް ނުވަތަ ލަކުޑި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލުމަށްފަހު ފުށްގަނޑު 5 މިނިޓް ވަންދެން ބަހައްޓާށެވެ.

4) އެއަށްފަހު ފުށްގަނޑު މޮޑެން ފަށާށެވެ. މޮޑޭއިރު، ފުށްގަނޑު މާބޮޑަށް ތަތްލަވާނަމަ 1/2 ޖޯޑު ފުށް އިތުރުކޮށްލެވިދާނެ އެވެ. ފުށްގަނޑު މޮޑެ ނިމޭއިރު ތަށީގެ ފުލުގައި ކުޑަކޮށް ތަތްލެވިޔަސް އަރިމަތީގައި ތަތްލަވައިގެން ނުވާނެއެވެ.

5) އިތުރު ތައްޓެއްގައި ތެޔޮކޮޅެއް އުނގުޅާލުމަށް ފަހު ފުށްގަނޑު އެ ތައްޓަށް ބަދަލުކޮށްލާށެވެ. އެއަށްފަހު، ފުށްގަނޑު ދެގުނަ އަށް ބޮޑު ވަންދެން ފޮތިކޮޅަކުން ނުވަތަ ތުވާލި ކޮޅަކުން ނިވާކޮށްލާށެވެ. މިފަދައިން ފުށްގަނޑު ބޮޑުކުރުމަށް އަވަނަށް ވެސް ލެވިދާނެއެވެ. އަވަނަށް ލާއިރު ޓެމްޕަރޭޗަރ އެންމެ ދަށްކޮށްލުމަށްފަހު އަވަން ތެރޭގައި 1-2 މިނިޓަށް ބަހައްޓާލާށެވެ.

6)  ފުށްގަނޑު ތައްޔާރުވަންދެން ފިލިންގ ތައްޔާރުކޮށްލާށެވެ. އެގޮތުން، ތައްޓަކަށް ބަޓަރާއި، ބްރައުން ޝުގަރ އާއި ފޮނި ތޮށި އަޅާލުމަށްފަހު އެއްކޮށްލާށެވެ.

7) އެއަށްފަހު މޭޒު މައްޗަށް ފުށްކޮޅެއް ބުރުވާލުމަށްފަހު ފުށްގަނޑު އޭގެ މަތީގައި ބާއްވާށެވެ. ދެން އޭގެ މަތީގައި ފުށްގަނޑު ބާއްވާލާފައި ގޮން މުއްކަވާފައި ފުށްގަނޑަށް އޮބާށެވެ. އެއީ ވައިތައް ދުއްވާލާށެވެ. އެއަށްފަހު ފުށްގަނޑު ގެ މައްޗަށްވެސް ކުޑަ ފުށްކޮޅެއް ބުރުވާލުމަށްފަހު،  ރޮށިދަމާއެތި ބޭނުން ކޮށްގެން ފުށްގަނޑު ދިގަށް ދަމާށެވެ. ދަމާނީ ދިގުމިނުގައި 24 އިންޗި، ފުޅާމިނުގައި 15 އިންޗި ހުންނާނެ ވަރަށެވެ. އަރިމަތިތައް ވީހާވެސް ސީދާ ކުރެވޭތޯ ބަލައްޗެވެ.

8) އެއަށްފަހު ކުރިން ތައްޔާރު ކުރި ފިލިންގ ފުށްގަނޑުގައި އުގުޅާލާށެވެ. އުނގުޅާނީ ވީހާވެސް އެއްވަރަކަށެވެ. އަދި އަރިމައްޗާއި ހަމައަށް އުނގުޅަން ސަމާލުކަން ބަހައްޓަންވާނެއެވެ.

9) ދެން މަޑުމަޑުން ފުށްގަނޑު އޮލާލާށެވެ. އޮޅާނީ ކުރު ފަޅިންނެވެ. އެއިރުން ސިނަމަން ރޯލްގައި ގިނަ ފަށަލަ ހުންނާނެއެވެ. އޮޅާނީ މަޑު މަޑުން ފަރުވާތެރި ކަމާއިއެކު ބާރު ކޮށެވެ. އަރިމައްޗާއި ހަމައަށް ދެވުނީމައި ކުޑަކޮށް އޮބާލައިގެން ހުޅުވިފައި އޮތްތަން ލައްޕާލާށެވެ. އޮޅާ ނިމޭއިރު އެކިތަން އެކިވަރަށް އޮތްނަމަ އަރިމަތީގައި މަޑުމަޑުން އަތުން ޖަހާލައިގެން އެއްވަރު ކޮށްލެވޭނެއެވެ.

10) ދެން އޮޅި ފުށްގަނޑު އެއްވަރުގެ 12 ބަޔަށް ތޫނު ވަޅިއަކުން ބައިކޮށްލާށެވެ.

11) އެއަށްފަހު ޓްރޭއެއްގައި 1 މޭޒުމަތީ ސަމުސާ ބަޓަރ އުގުޅާލުމަށްފަހު އޭގައި ކޮށި ސިނަމަން ރޯލްސްތައް އަތުރާށެވެ. އަތުރާއިރު ދެއެތިކޮޅުގެ ދޭތެރޭގައި އިންޗިއެއްހާތަން ދޫކުރަންވާނެއެވެ. ދެން ތަބަކުގެ މަތީގައި ސާފު ފޮތިގަނޑެއް އަޅާފައި 20 މިނިޓު ބަހައްޓާލާށެވެ. އެހާއިރުވާއިރު އަނެއްކާވެސް ތަބަކުގައި ހުރި ފުށްކޮޅުތައް ހުންނާނީ ދެގުނައަށް ފުފިފައެވެ.

12)  އަވަން 190 ޑިގްރީ ސެލްސިއަސް އަށް ޕްރި ހީޓް ކުރަން ޖައްސާށެވެ.

12) އެއްކަލަ ހެވީ ކްރީމް އެތި ތާފަނާވަންދެން ކައްކާލާށެވެ. ނަމަ ނަމަ ހޫނު ނުކުރައްޗެވެ. އެއަށްފަހު ރޯލްސްތައް މައްޗަށް ހެވީ ކްރީމް އަޅާށެވެ. ހެވީ ކްރީމް އަޅާއިރު އަރިމަތިތަކަށް ވެސް އެޅޭތޯ ޔަގީން ކުރަންވާނެއެވެ.

13) އެއަށްފަހު އަވަން ތެރެއަށް ލައި، ގާތްގަނޑަކަށް 25 މިނިޓް ވަންދެން ފިހެލާނީއެވެ. ބޭނުންކުރާ ޓްރޭއެއްގެ ސަބަބުން ނުވަތަ ރޯލްސް ތަކުގެ ކުދި ބޮޑުމިނުގެ ތަފާތުގެ ސަބަބުން ފިހެވޭ ވަގުތު ބަދަލު ވުމަކީ އެކަށީގެންވާ  ކަމެކެވެ. ރޯލްސް ތައް ފިހެވުމުން މައްޗަށް މަޑު މަޑު މުށި ކުލައެއް އަރާނެއެވެ.

14) ސިނަމަން ރޯލްތައް ފިހެވެމުން ދާއިރު ރޯލްސް މަތީގައި އުނގުޅާނެ ކްރީމް ޗީޒް ފިލިންގްސް ހަދަން ފަށާށެވެ. ފުރަތަމަ، ބޮޑު ބޯތަށްޓެއްގެ ތެރެއަށް ކްރީމް ޗީޒް އާއި، ބަޓަރ އިލެކްޓްރިކް ހޭންޑް މިކްސަރަކުން އެކުލަވާލާށެވެ. ދެން އެއަށް ވެނީލާ އެސެންސާއި އައިސިން ޝުޖަރ އަޅާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން 4-3 މިނެޓް ވަންދެން ހައިސްޕީޑްގައި އެކުލަވައިލާށެވެ.

15) ސިނަމަން ރޯލްތައް ފިހެވުނީމައި އަވަނުން ޓްރޭ ނަގާފައި ގާތްގަނޑަކަށް 15 މިނިޓުވަރު ވަންދެން ހިހޫ ކުރަން ބަހައްޓާށެވެ. ދެން ރޯލްތަކުގެ މައްޗަށް ކްރީމް ޗީޒް ފިލިންގްސް އޮއްސާލައި ފަތުރާލާށެވެ. އެއިރުން އެ ހުރީ މީރު މީރު ސިނަމަން ރޯލްސް ތައްޔާރު ކުރެވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...