ދިއްލީ އެއަރޕޯޓުގައި ހިނގި ހާދިސާގެ ފޮޓޯތައް؛ ފޮޓޯ / މަތްރުބުހްމީ
ދިއްލީ އެއަރޕޯޓުގައި ހިނގި ހާދިސާގެ ފޮޓޯތައް؛ ފޮޓޯ / މަތްރުބުހްމީ
ދުނިޔެ 26 Apr 2026 | 06:30

ސްވިސް އެއާގެ ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެ، 6 މީހަކަށް އަނިޔާވެއްޖެ

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

އިންޑިއާގެ ވެރިރަށް ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ސްވިސް އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވެ، 6 މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި ހިނގައިފައިވަނީ އިންޑިއާ ގަޑިން ރޭ ދަންވަރު 1:08 ގައެވެ. އަދި ހަ ފަސިންޖަރަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ހާދިސާ ހިނގައިދިޔަ ގޮތް ފެންނަ ވީޑިއޯ

ދިއްލީން ސްވިޒަލޭންޑްގެ ޒިއުރިކަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ފްލައިޓް ނަންބަރު އެލްއެކްސް 147، އެއާބަސް އޭ-330 މަރުކާގެ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވީ މިއަދު ފަތިހު 1:08 ހާއިރު ރަންވޭމަތިން ނައްޓާލަން ދުއްވަމުން ދަނިކޮށެވެ. އިންޖީނުން އަލިފާން ފެނުމާއެކު، ޕައިލެޓުން ވަނީ ވަގުތުން ޓޭކް-އޮފް މެދުކަނޑާލައި، ފަސިންޖަރުން ރައްކާތެރިކަމާއެކު ބޭލުމުގެ މަސައްކަތް ފަށާފައެވެ.

މި ބޯޓުގައި ޖުމްލަ 228 ފަސިންޖަރުންނާއި 4 ތުއްތު ކުދިން ތިއްބެވެ. އެއާލައިނުން މައުލޫމާތު ދީފައިވާ ގޮތުގައި، ގިނަ ފަސިންޖަރުން ބާލާފައިވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އިމަޖެންސީ ސްލައިޑްތައް މެދުވެރިކޮށެވެ. ނަމަވެސް، ސްލައިޑް ބޭނުންކުރަން އުނދަގޫވި ބައެއް ފަރާތްތަކަށް ސިޑި މެދުވެރިކޮށް ބޯޓުން ފޭބުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ސްވިސް އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާގައި އަނިޔާވި ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ބޯޓުގެ ކުރޫއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ބޯޓުން ބޭލި ފަސިންޖަރުންނަށް ބޭނުންވާ ހޮޓާ އަދި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް އެއާލައިންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ސްވިސް އެއާލައިންގެ ޓެކްނިކަލް މާހިރުންގެ ޓީމެއް ދިއްލީއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާލައިނުން ބުނި ގޮތުގައި، މި މައްސަލަ ތަހުގީގު ކުރުމުގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
08 Oct 2026 ދުނިޔެ

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، އެފްރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. އިންޑިއާގެ...