ބާރަ އަަހަރުގެ ކުއްޖަކު ބަލިވެ އިން ކަމަށް ބުނެ ފަތުރަނީ ދޮގެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އުމުރުން ބާރަ އަަހަރުގެ ކުއްޖަކު ބަލިވެ އިން ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާ ހިނގީ ހއ. އިހަވަންދޫ ގައި ކަމަށް ބުނެ ވާހަކަ ދަނީ ފަތުރަމުންނެވެ. އެ ގޮތުން އިހަވަންދޫގައި 12 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަ ފަތުރަމުންނެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ދެންމެ ބުނީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.
އެފަދަ ވާހަކައެއް ފެތުރެން ދިމާވި ސަބަބެއް ނޭންގެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް