ދަރުމަވަންތަ ހޮސްޕިޓަލުގައި ބައެއް ޚިދުމަތްތައް ދޭން ފަށައިފި
އައިޖީއެމްއެޗްގެ 25ބުރީގެ އިމާރާތް ނުވަަތަ ދަރުމަވަންތަ ހޮސްޕިޓަލްގައި ބައެއް ޚިދުމަތްތައް ދޭން ފަށައިިފިއެވެ.
އެގޮތުން ނިމިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓްގެ ޚިދުމަތް ދެމުންގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އެ ޚިދުމަތް ދެމުން އަންނަނީ އާ އިމާރާތުގެ ހަތަރު ވަނަ ފްލޯގަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް މިމަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަނީ ނިންމާފައެވެ.
ފިޒިއޮތެރަޕީ ޑިޕާޓްމެންޓުގެ އިތުރުން އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެތަނުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް