N/A
N/A
ހަބަރު 28 Aug 2019 | 07:59

ފަނޑިޔާރު ދީދީގެ މައްސަލަ: ރިޝްވަތާއި ނުފޫޒުގެ ބޮޑެތި ތުުހުމަތުތަކެއް!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަކީ ފެހި ގާނޫނު އަސާސީ ތަސްދީގުކުރެވުނު ދުވަހުން ފެށިގެން ޝަރުއީ ނިޒާމުގައި އެންމެ ގިނައިން މީޑިޔާތަކުގެ ފަލަ ސުރުޚީއަށް އަރާފައިވާ ފަރާތްތަކެވެ. ބެންޗަށް ގެންނަ ކުއްލި ބަދަލުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި އަދި ފަނޑިޔާރުން ވަކިކުރުންފަދަ ކަންކަން އެކޯޓުގެ ފަނޑިޔާރުންނަށް ވެފައިވަނީ އެހެން ކޯޓުތަކަށްވުރެ މާ ގިނައިންނެވެ. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމްގެ ބެލެނިވެރިޔާކަމުން އަންނަ ޕްރެޝަރތައް ކަމަށްވެސް ވެދާނެއެވެ.

މިއަހަރުގެ ތެރޭގައި އެފަދަ މައްސަލަތަަކަށް ވަނީ އާ ބޮޅެއް ވަނީ އިތުރުވެފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމުގެ މައުލޫމާތު ޖޭއެސްސީއަށް ޖޫންމަހުގެ 12ވަނަ ދުވަހު ފޮނުވި ސިޓީއަކުން ލިިބިގެންދިޔައެވެ. އެއީ އަބްދުﷲ ދީދީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގަތްކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒް މަންފާތަކެއް ހާސިލްކުރެއްވިކަމުގެ ތުހުމަތުގެ މައްޗަށް ބިނާކޮށެވެ.

މިއާއި އެކު ޖޭއެސްސީން ޖޫންމަހުގެ 17ވަނަ ދުވަހު ނިންމީ ދީދީގެ ސުލޫކީ މައްސަލައެެއް އޮތްތޯ ބެލުމަށެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށްވެސް އެކޮމިޝަނުން ނިންމިއެވެ. މި ނިންމުމާއި އެކު ޖޭއެސްސީއާއި ސުޕްރީމް ކޯޓާއި މެދު ކުޑަަވަރެއްގެ ފިނި ހަނގުރާމައެއްވެސް ކުރިއެވެ.

މި މައްސަލަ ބެލުމަށް ދީދީ ބޭނުންފުޅުވީ އާންމުންނަށް ހުޅުވާލައިގެންނެވެ. އެއާއި އެކު އަނެއްދުވަހު، ވަކީލުންގެ ޓީމަކާއި އެކު ޓީވީން ފެންނަގޮތަށް އާންމުންނާާއި އެކު ދަރުބާރުގޭގައި ޖޭއެސްސީގެ މައްސަލަ ބަލާ ކޮމެޓީއާއި ދީދީ ބައްދަލުކުރެއްވިއެވެ.

ދީދީގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތައް އާންމުންނަށް ތިލަވެގެންދިޔައީ މިހާ ހިސާބުންނެވެ.

ރިޝްވަތާއި ނުފޫޒު ފޯރުވިކަމުގެ ބޮޑެތި ތުހުމަތުތަކެއް:

މި މައްސަލަ ތަހުގީގުކޮށް ޖޭއެސްސީން އާންމުކުރި ރިޕޯޓްގައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވުމުގެ އަދުލުވެރިކަން ގެއްލޭނެފަދަ ގިނަ އަމަލުތަކެއް ފަނޑިޔާރު ދީދީ ވަނީ ކުރައްވާފައެވެ. އެގޮތުން ރިޝްވަތުކަމަށް ބެލެވިދާނެ ފައިސާތަކެއް ނަންގަވާ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަނބިކަނބަލުންނަށް ވަޒީފާއެއް ހަމަޖެއްސެވުމަށް މަސައްކަތް ކުރެއްވުން ހިމެނެއެވެ.

އެ ރިޕޯޓްގައި ބުނާގޮތުގައި ދީދީ ވަނީ 2015ވަނަ އަަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުގައި ދިވެހިރާއްޖޭގެ ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތަކަށް، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރަކަށް އެބޭފުޅާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު ހަމަޖައްސައިދިނުމަށް އެދި މެސެޖްކޮށްފައެެވެ.

އެ މެެސެޖްގައި ދީދީ ވިދާޅުވީ އެބޭފުޅާވެސް "ބްރަދާ" ކަމެއްގައި ވިދާޅުވެދެއްވިއްޔާ އެކަން ބަލައިދެއްވާ ކަމަށާއި އެކަމަކު ދީދީގެ އަމިއްލަ ކަމެއްގައި ވިދާޅުވުމުން ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ޣާނިޔާ އެ މަގާމަށް ހަމަޖައްސަން އެދުނީ ހަތަރު ކުދިން ގޮވައިގެން އުޅެމުން ދާއިރު މިހާރު ހުރި ދަތިތައް ފިލާނެކަމަށް ފެންނާތީ ކަމަށެވެ.

މީގެ އިތުރުން ދީދީ ވަނީ 2014ވަނަ އަހަރުގެ ޖޫންމަހުގެ 12 ވަަނަ ދުވަހު ހަމަ އެ ސިޔާސީ ފަރާތަށް، އެބޭފުޅާ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާތީ ޑޮލަރުކޮޅެއް ހަމަޖައްސައިދިނުމަށް އެދިފައެވެ. އަދި ދީދީ ފުރާ ދުވަހަކީ ކޮން ދުވަހެއްތޯ އެ ސިޔާސީ ފަރާތުން ސާފުކުރުމުން ހޯމަ ދުވަސްކަމަށް ވަނީ ބުނެފައެވެ. ޖޭއެސްސީގެ ރިޕޯޓްގައި ވާ ގޮތުގައި އެ ހަފްތާގެ ހޯމަ ދުވަހު ފަނޑިޔާރު ދީދީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވިކަން އިމިގްރޭޝަނުން ވަނީ ޔަގީންކޮށްދީފައެވެ.

ދެން ފަނޑިޔާރު ދީދީއަށް ފުލުހުން ކޮށްފައިވާ އަނެއް ތުހުމަތަކީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ހިމެނޭ ދެ މީހަކު، ނުރަނގަޅު ނުފޫޒުތަކެއް ފޯރުމުގެ ސަަބަބުން ބަންދުން ދޫކޮށްލިކަމަށެވެ.

ޖޭއެސްސީގެ ރިޕޯޓްގައިވާ ގޮތުގައި ސިޔާސީ ފަރާތުގެ ފޯނުން 2014ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހުގައި ފަނޑިޔާރު ދީދީއަށް ވަނީ ރިޟްވާންގެ މައްސަލައިގައި ތުހުމަތުކުރެވި ބަންދުގައި ހުރި ދެފަރާތެއްގެ ނަމާއި ތަފްސީލްތައް އެސްއެމްއެސްއަކުން ފޮނުވާފައެވެ. އޭރު އެ ދެ ފަރާތްވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.

ނަމަވެސް އޭގެ ފަހުން ކްރިމިނަލް ކޯޓުން އެ ދެފަރާތް ދޫކޮށްލިއެވެ.

ދީދީގެ ރައްދު: ތުހުމަތުތަކަކީ ދޮގެއް، އިޖުރާއީ އަދި ގާނޫނީ މައްސަލަތަކެއް އެބަހުރި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްެއުސްތާޛު އަބްދުﷲ ދީދީގެ މައްޗަށް ކުރެވުނު މި ތުހުމަތުތަކާއި ގުޅިގެން އެކަމަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު އެރުވިގެން ދިއުމާއި އެކު ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ޖޭއެސްސީގެ ސުލޫކީ ކޮމެޓީއަށް ވަރަށް ތަފްސީލީކޮށް ރައްދެއް ދެއްވާފައެވެ.

މި ރައްދު ޖަވާބުގައި ފަނޑިޔާރު ދީދީގެ ފަރާތުން ޚުލާާސާގޮތެއްގައި ބުނެފައިވަނީ އެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެ މައްސަލަ ބެލުމަށް ސަސްެޕެންޑް ކުރުމުގައި ބޮޑެތި ގާނޫނީ އަދި އިޖްރާއީ މައްސަލަތަކެއް އެބަހުރިކަމަށެވެ.

ދީދީ އިތުރަށްވަނީ މި މައްސަލަ ބަލަމުންދަނީ ސިޔާސީ މަގްސަދެއްގައި ކަމަށް މޭރުންވާފަދަ ގޮަތަކަށްވެސް ވިދާޅުވެފައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އެސްއެމްއެސް ޗެޓްލޮގްތަކެއް ހިމެނޭ ކަރުދާސްތަކެއް ހަވާލުކުރިކަމުގައިވިޔަސް، އެއީ ގާނޫނީ ބުރަދަނެއް ހުރި އެއްޗެއްކަމަށް ނުދެކޭކަމަށެވެ. ސަބަބަކީ އެ ހޯދި ކާކު ހަދާފައިވާ ކޮން ފެންވަރެއްގެ ޑޮކިއުމަންޓްތަކެއްކަން އެނގެން ނެތުންކަމަށް ވަނީ ބުނެފައެވެ. މިއީ ހަދާފައިވާ ޗެޓްލޮގްތަކެއްކަމަށް ދީީދީ ވަނީ ތުުހުމަތުކުރައްވާފައެވެ.

ނިންމުން:

މި ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ އިއްޔެ ފޮނުވާފައެވެ. އަދި ހަަމަ ރޭ އެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ޖޭއެސްސީގެ ރިޕޯޓްގައިވާ ނިންމުމަށް ތާއިދުކުރުމަށް ނިންމާފައެވެ.

ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރެވޭނެެއެވެ. ނަމަވެސް އެބޭފުޅާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަނބުރާ ވަޑައިގަންނަވާނެ ތާރީޚެއް ނޭނގެއެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...