އޭސީސީގެ ރައީސްކަމަށް މުއައްވިޒް އައްޔަންކޮށްފި
އޭސީސީގެ ރައީސްކަމުގެ މަގާމަށް އެކޮމިޝަންގެ ނައިބު ރައީސްކަމުގައި ހުންނެވި އަލްއުސްތާޛު މުއައްވިޒް ރަޝީދު އައްޔަންކޮށްފިއެވެ.
އެ މަގާމަށް އެބޭފުޅާ ކޮމިޝަންގެ މެންބަރުންގެ އިއްތިފާޤުންނެވެ.
ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ މުއައްވިޒަކީ އެ ކޮމިޝަންގެ މެންބަރުގެ ދެވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އެބޭފުޅާ ކޮމިޝަންގެ ރައީސްކަމަށް ވަޑައިގަތުމުން ހުސްވެފައިވާ ކޮމިޝަންގެ ނައިބު ރައީސްކަމަށް މެންބަރަކު އިންތިހާބު ކުރާނީ އަންނަ އާދިއްތަ ދުވަހު ބާއްވާ ކޮމިޝަންގެ ޖަލްސާގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް