ބަޔަކު ނަމާދު ކުރަނީ- ފޮޓޯ/ ވޮއިސް
ބަޔަކު ނަމާދު ކުރަނީ- ފޮޓޯ/ ވޮއިސް
ދީން 19 Jun 2026 | 08:04

”އާޝޫރާ ދުވަހުގެ ހާދިސާއިން އެނގެނީ اللهގެ މަގަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން“

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ އިސްލާމީ ތާރީޚުގައި ނުހަނު މާތް، އަދި އެތައް ޢިބުރަތްތަކަކާއި ފިލާވަޅުތަކެއް ލިބިދޭ ދުވަހެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ޚުޠުބާ ޚާއްސަކޮށްފައިވަނީ ޢާޝޫރާ ދުވަހުގެ މާތްކަމާއި، އެ ދުވަހު ރޯދަހިފުމުގެ މުހިންމުކަމުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޢާޝޫރާ ދުވަހަކީ އަނިޔާވެރި ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން މާތް الله ސަލާމަތްކޮށްދެއްވި ދުވަހެވެ. އަދި ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވީ ވެސް ހަމަ މި ދުވަހުއެވެ. މި މަތިވެރި ނިޢުމަތަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު އެ ދުވަހު ރޯދަހިއްޕެވިކަން ޚުޠުބާގައި ފާހަގަކުރިއެވެ.

މުޙައްރަމު މަހަކީ الله ޙުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މައްސަރެއްކަން ފާހަގަކޮށް، ޚުޠުބާގައި ބުނީ، ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވިއިރު ޔަހޫދީން އެ ދުވަހު ރޯދަހިފާތީ ފެނިވަޑައިގެން ސުވާލުކުރެއްވުމުން، އެއީ މޫސާގެފާނު ސަލާމަތްވީ ދުވަސްކަމަށް ބުނުމުން، "މޫސާގެފާނަށްޓަކައި ތިޔަބައިމީހުންނަށްވުރެ އެކަންކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނަށެވެ" ހަދީޘްކުރައްވައި އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވި ކަމަށެވެ.

ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަވާބާ ބެހޭގޮތުން ޚުޠުބާގައި ބުނީ، އެ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށެވެ. އަދި ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، ޢާޝޫރާ ދުވަހުގެ ކުރިން ދުވަހެއް (9 ވަނަ ދުވަސް) ނުވަތަ ފަހުން ދުވަހެއް (11 ވަނަ ދުވަސް) ހިމަނައިގެން ރޯދަހިފުމަށް އިރުޝާދު ދިނެވެ.

ޚުޠުބާގައި އިތުރަށް ބުނި ގޮތުގައި، މި ފަދަ ތާރީޚީ ޙާދިސާތަކުން އެނގެނީ މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމެވެ. އަދި الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް އެކަލާނގެ ގަދަފަދަ ޢަޛާބު ދެއްވާނެކަމެވެ.

މީގެ އިތުރުން، ޢާޝޫރާ ދުވަހާ ގުޅުވައިގެން މުޖުތަމަޢުގެ ތެރޭގައި ފެތުރޭ ބައެއް ބިދުޢަތަކާއި، ދީނާ ޚިލާފު އާދަކާދަތަކަށް ޚުޠުބާގައި ވަނީ އިންޒާރު ދީފައެވެ. ވަކިން ޚާއްޞަކޮށް، މީހަކު މަރުވުމުން ހިތާމަކުރުމުގެ ގޮތުން ހަށިގަނޑަށް އަނިޔާކުރުމާއި، ދީނުގައި ނެތް ކަންކަން ކުރުމަކީ ރަސޫލާ ﷺ ނަހީކުރައްވާފައިވާ ކަންކަން ކަމުގައި ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޚުޠުބާ ނިންމާލީ، މިފަދަ ބިދުޢަތަކުން ދުރުހެލީވެ، ސުންނަތާ އެއްގޮތަށް ރޯދަހިފައި، اللهގެ ޙަޟުރަތާ ކުއްތަންވުމަށް މަސައްކަތް ކުރުމަށް ހުރިހާ މުސްލިމުންނަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...