ލޯބިވެރިޔާ ހިތާނުވުމުން އެއްލައްކަ މެސެޖް ފޮނުވައިފި
އެމެރިކާގެ އަންހެނަކު، އޭނާގެ ލޯބިވެރިޔާ އޭނާއަށް އަނބުރާ ހިތްނުކިޔުމުން އެ ފިރިހެންމީހާއަށް ފާރަލައި އެއްލައްކައަށްވުރެ ގިނަ މެސެޖް ފޮނުވައިފިއެވެ.
އެމެރިކާގެ ޓެކްސަސްގެ އެރިޒޯނާ އަވަށުގައި ހިނގި މި ހާދިސާގައި ހިމެނޭ އަންހެންމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެވިފައެވެ. ފުލުހުން އެ އަންހެންމީހާގެ މައްޗަށް ހުއްދަނެތި ތަނަކަށްވަނުމާއި ފާރަލުމުގެ ކުށުގެ ދައުވާ އުފުލުމަށް ވަނީ ނިންމާފައެވެ.
މި ހާދިސާގައި ހިމެނޭ އަންހެންމީހާ އަދި އޭނާ ލޯބިވި ފިރިހެންމީހާ ދިމާވެފައިވަނީ އޮންލައިން ޑޭޓިންގް ސައިޓަކުންނެވެ. ދެމީހުން އެކުގައި ބައްދަލުވެސް ވެފައިވާއިރު، އޭގެ ފަހުން އެ ފިރިހެންމީހާ ވަނީ އެ އަންހެންމީހާ އާއި ދުރުވެފައެވެ. އެހެންކަމުން އެކަމާއި މެދު ހިތްހަމަނުޖެހި އެ އަންހެންމީހާ ވަނީ އެ ފިރިހެނާގެ ކިޑްނީއިން ސޫޝީ ހަދައި، އޭނާގެ ކަށިތަކުން ޗޮޕްސްޓިކްސް ހަދާނެ ކަމަށް ބުނެފައެވެ.
އެ އަންހެންމީހާ ވަނީ އެފިރިހެންމީހާގެ ގޭގެ ފާހަނައަށްވެސް ސިއްރުން ވަދެފައިކަމަށް ފުލުހުން ބުނެއެވެ.
އެރިޒޯނާގެ ފުލުހުން މައުލޫމާތުދޭގޮތުގައި އެ އަންހެންމީހާގެ ކާރުން ވަނީ ކަތިވަޅިއެއްވެސް ފެނިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް