ާމާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް، އަލިފާންގަނޑު ނިއްވާލައިފި
މިރޭގެ ވަގުތެއްގައި މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގ.ރައިހާނާ ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިއީ ބިދޭސީންތަކެއް އުޅެމުންދިޔަ ގެޔެކެވެ.
މި ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ އަލިފާން ނިއްވާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 8:50 ހާއިރު ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް