ިހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ބިއްލޫރި ޝީޓެއްގައި ކުއްޖަކު ނުޖެހުނީ ކިރިޔާ!
މާލޭގެ ވައިލެޓްމަގުގައި ހަދަމުންދިޔަ އިމާރާތަކުން ބިއްލޫރި ޝީޓެއް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ އެމަގުގައި ހަދަމުންދިޔަ އިމާރާތަކުން ބިއްލޫރި ޝީޓެއް ވެއްޓި، އެ ސަރަހައްދުގައި ޕާކްކޮށްފައިހުރި ސައިކަލުތަކަކަށް ގެއްލުންލިބުނުކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 12:49 ހާއިރު ލިބުނު ކަމަށެވެ.
އަދި މި ހާދިސާގައި އަށް ސައިކަލަކަށް ގެއްލުން ލިބުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީސް މީޑިޔާގައި ދައުރުވަމުންދާ ޓްވީޓެއްގައި ވާގޮތުގައި މި ބިއްލޫރިގަނޑު ވެއްޓުނު ވަގުތު އެ ސަރަހައްދުގައި ހުރި ކުޑަ ކުއްޖަކާއި އޭނާގެ މަންމަގެ ގައިގައި ނުޖެހުނީ ކިރިޔާ ކަމަށެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް