ދައުލަތުގެ ޚަރަދުތައް ހިނގާގޮތް ރައްޔިތުންނަށް ހާމަކުރަންޖެހޭނެ : ޓްރާންސްޕޭރަންސީ
ދައުލަތުގެ ޚަރަދުތައް ހިނގާގޮތް ރައްޔިތުންނަށް ހާމަކުރަންޖެހޭނެކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަރާތުން ވޮއިސްއަށް މައުލޫމާތު ދެއްވަމުން އައިމަން ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ހިނގާގޮތް ރައްޔިތުންނަށް ހާމަކުރަންޖެހޭނެކަމަށެވެ.
އައިމަން އެފަދައިން ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާން ހޫދު ހަވާލާދީ ސަރުކާރުން އުފައްދާފައިވާ ކޮމިޓީ އެލަވަންސް ދޭ އުސޫލެއް ނޯންނަކަމަށް ނޫސްތަކުގައި ލިޔެފައިވާ ޚަބަރަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ.
އައިމަން ވިދާޅުވީ، ގައުމީ ސަލާމަތައް ނުރައްވާފަދަ މައުލޫމާތުތައް މެނުވީ، ސަރުކާރު ހިންގާ ގޮތުގެ މައުލޫމާތު އާންމުންނަށް ހާމަކޮށްދޭން ޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ޚަރަދުތައްވެސް ރައްޔިތުންނަށް ހާމަކޮށްދޭން ޖަހޭނެކަމަށެވެ. އަދި އެފަދަ މައުލޫމާތުތަކެއް ރައްޔިތުން ހޯދަން އެދިއްޖެނަމަ އޭގެ ފުރިހަމަ މައުލޫމާގު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.
ކޮމިޓީތަކަށް އެލަވަންސްތައް ހާމަކުރުމާއި، ގުޅޭގޮތުން ވާހަކަދައްކަވަމުން ހޫދު ވިދާޅުވީ ކޮމިޝަންތަކާއި ކޮމެޓީތަކަށް ފައިސާ ދޭގޮތް ހާމަނުކުރަނީ އެހެން ދައުލަތުގެ އެހެން އިދާރާތަކާއި، ރައީސް އޮފީހުގެ ތަފާތު މަގާމުތަކުގައި ދިރިއުޅޭ މުވައްޒަފުންގެ މުސާރައިގެ ތަފްސީލުވެސް ހާމަނުކުރާތީކަމަށެވެ. އަދި މިއަދާ ހަމަޔަށް އެއްވެސް ސަރުކާރެއްގައިވެސް އެފަދައިން މުސާރައިގެ އަދަދުތައް ހާމަކޮށްފައި ނުވާކަމަށްވެސް ހޫދު ފާހަގަކުރިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް