އދ. ކުޑަރަށް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކުޑަރަށް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ކުޑަރަށް ރިސޯޓްގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:52 ގައި ލިބިފައިވާކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ވަނީ ރިސޯޓަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެެވެ.
އަލިފާނުގެ ހާދިސާގައި އެ ރިސޯޓްގެ ބައެއް ވިލާތައް ވަނީ އަނދައިގެން ގޮސްފައެވެ. ނަމަވެސް އަނދައިގެން ދިޔައީ ކިހާ އަދަދެއްގެ ވިލާއެއްކަމެއް އަދި ނޭނގެއެވެ.
ސޯޝަލް މީޑިއާގައި އެ ރިސޯޓްގެ ވޯޓާ ވިލާތަކުގައި ރޯވި އަލިފާންގަނޑުގެ ވީޑިއޯ ދައުރުވަމުންދާއިރު، ވަރަށްބޮޑަށް ދުން އަރާ މަންޒަރު ފެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް