ތިންމައިންގެ މަރުގެ މައްސަަލަ ހެލްތް މިނިސްޓްރީން ތަހުގީގުކުރަނީ
މިދިޔަ މަހުގެ 29ވަނަ ދުވަހު ކ.މާފުށީގައި އެއްމާބަނޑު ދެކުދިންނާއި އެކު ނިޔާވި މާބަނޑު އަންހެނާގެ މަރުގެ މައްސަލައިގައި އިހުމާލެއްވޭތޯ ބެލުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ރަޝްފާ އަހުމަދުގެ މަރުގެ މައްސަލައިގައި އެރަށު ސިއްހީ މަރުކަޒުގެ އިހުމާލެއްވޭތޯ ބެލުމުގެ މަސައްކަތް ހެލްތް މިނިސްޓްރީގެ ހެލްތު އެޝުއަރެންސް ސެކްޝަނުން ދަނީ ބަލަމުންނެވެ.
މި މައްސަލައިގައި އެ ސެކްޝަނުން ބަލަމުންދަނީ، ރަޝްފާ އާއި އޭނާގެ ބަނޑުގައި އޮތް ދެ ދަރިން މަރުވީ ޑޮކްޓަރެއްގެ އިހްމާލުންތޯ ނުވަތަ ނަރުހުންގެ އިހްމާލުންތޯ އަދި އެކަން މެދުވެރިވީ އެހެން ގޮތަކުންތޯކަމަށް އެމިނިސްޓްރީން ބުނެއެވެ
ރަޝްފާ ނިޔާވީ ހުންގަދަވުމުން މާފުށީ ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައި ވަނިކޮށް، ޖެހިގެން އައި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފިޓުޖެހިގެންނެވެ.
އޭނާގެ އާއިލާއިން ތުހުމަތުކުރާގޮތުގައި ރަޝްފާގެ ހާލަތު ގޯސްވީ ޑޮކްޓަރ ދިން ބޭހެއްގެ ސަބަބުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް