ހުޅުމާލޭގައި އަދިވެސް ވެހިކަލްތަކުގައި ސްޓިކަރ ޖަހާނެ
މާލޭގައި ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކަރ ޖެހުން ހުއްޓާލިކަމުގައިވިޔަސް، ހުޅުމާލޭގައި އަދިވެސް ވެހިކަލްތަކުގައި ސްޓިކަރ ޖަހަމުންދާނެކަމަށް ފުލުހުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހާނެކަމަށެވެ. ސަބަބަކީ ހުޅުމާލޭގައި ޕާކް ކުރާނެ ގިނަ ސަރަހައްދުތައް ހުރުުމުން ކަމަށެވެ.
މި ބީދައިން މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަަހައްދުތަކުގައިވެސް ގަވާއިދާއި ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކަރ ޖަހާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގައި ވެހިކަލްތަކުގައި ސްޓިކަރ ޖެހުން ހުއްޓާލުމަށް ފުލުހުން ނިންމީ އެކަށީގެންވާ ޕާކްކުރާނެ ޖާގަނެތްކަމަށް ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް