ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މާލޭ ބަނދަރުގައި އޮތް ދެ ބޯޓު، ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ ބުރިޖުގެދަށުން އޮޔާގޮސް މާލެއަތޮޅުން ބޭރަށްދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައި ކަމަށެވެ.
ތެޔޮއުފުލާ މި ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓަށް ވުމާއިއެކު، މި ދެ ބޯޓުވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައި ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް