މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ އަނބުރާ ފޮނުވާލައިފި
ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ގާނޫނުގައި ބުނާ މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާ މެދު ދައުވާކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފިއެވެ.
އެމައްސަލަ އަނބުރާ ފޮނުވައިލީ އީސީން ފުރިހަމަކުރި ރިޕޯޓްގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ޕީޖީން ބުނެއެވެ.
މި މައްސަލާގައި މައުލޫމާތު ދެއްވަމުން އިލެކްޝަންސް ގެ ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެފައިވަނީ ޕީޖީއަށް ފޮނުވި މައްސަލަ ފޮނުވާފައިވަނީ އީސީއިން ފޮނުވި ރިޕޯޓުގައި ިތހުރަހ ބަލައި ތަހުޤީގު ކުރަން ޖެހޭ ކަންތައްތައް ހުރުމުންކަމަށެވެ. އަދި މިއީ ފުލުހުންނާއި ގުޅިގެން ކުރަން ޖެހޭ ކަމެއްކަމުން އެ ތަހުޤީގުތައް ފުލުހުންނާއި ގުޅިގެން ކުރުމަށް ފަހު އަލުން ހުށަހަޅާނެކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ.
މާލީ ބަޔާން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެގެން ދިޔައިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވެއެވެ. އޭގެ ތެރޭގައި ހިމެނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 31 ކެންޑިޑޭޓަކާިއ ޕީޕީއެމް ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓުންނާއި ޕީއެންސީގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އެމްޓީޑީ ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެއްގެ އިތުރުން ލޭބާ ޕާޓީގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެކެވެ.
ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ، ޖޭޕީ، އެމްޑީއޭ އަދި ޑީއާރުޕީގެ ކެންޑިޑޭޓުންނެވެ.
އިންތިހާބާ ބެހޭ އާއްމު ގާނޫނުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ.
އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް