އިންޑިޔާގެ ދިދަ ނަގާފައިވާ ދެ ބޯޓެއް ރާއްޖޭގެ ސަރަަހައްދުން އަތުލައިގެންފި
އިންޑިޔާގެ ދިދަ ނަގާފައިވާ ދެ ބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 29ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ފެނިފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ އެ އުޅަނދުތައް އެމްއެންޑީީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައިވާކަމަށާއި މިހާރު އެ އުޅަނދުތައް ވަނީ އުލިގަމު ބޭރުގައި ބަނދަރުކޮށްފައިކަމަށެވެ.
މީގެ ތެރެއިން އެއް ބޯޓުގައި ނުވަ މީހުން ތިބިއިރު، އަނެއް ބޯޓުގައި ތިބީ ދިހަ މީހުންނެެވެ. މި ދެބޯޓުގައި ނަގާފައިވަނީ އިންޑިޔާގެ ދިދައެވެ.
މި މައްސަލަ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ އިތުރަށް ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް