ޔޫތު މިނިސްޓްރީ ހިންގުން ވަގުތީގޮތުން އަލީ ވަހީދަށް!
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ހިންގެވުން ވަގުތީގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި ހަވާލުކުރައްވައިފިއެވެ.
މިކަންވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ކަަށަވަރުކޮށްދެއްވާފައެވެ.
މިނިސްޓަރ އަލީ ވަހީދާއި ވަގުތީ ގޮތުން ޔޫތު މިނިސްޓްރީ ހިންގުމަށް ހަވާލުކޮށްފައިވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހުލޫފް ގޭގައި މަޑުކުރަން އަންގާފައިވުމުންނެވެ.
ފާއިތުވި ބުރާސްފަތި ދުވަހު މަހުލޫފަށް ގޭގައި މަޑު ކުރުމަށް އަންގާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާތަކެއް މަހުލޫފްގެ އެކައުންޓަށް ވަން މައްސަލައާ ގުޅިގެން އެމައްސަލަ ތަހުގީގުކޮށް ވަކި ގޮތަކަށް ނިމެންދެނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް