ސްޓްރީޓް ބްރަދާސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ... ފޮޓޯ: ސިޑިބަރި
ސްޓްރީޓް ބްރަދާސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ... ފޮޓޯ: ސިޑިބަރި
ކުޅިވަރު 23 Jun 2024 | 06:22

ލޫތުގެ މޮޅު ކުޅުމާއެކު ހަލަފް ބަލިކޮށް ސްޓްރީޓް ބްރަދާސް ޗެންޕިއަންކަން ހޯދައިފި

އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫގައި މިހާރު ކުރިއަށްދާ "މައްޔާ ފުޓްސަލް ވާދަ 2024"ގެ ފައިނަލުގައި ވާދަވެރި ކުޅުމަށްފަހު 4-3 ގެ ނަތީޖާއަކުން ހަލަފް އެފްސީ ބަލިކޮށް ސްޓްރީޓް ބްރަދާސް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ހަލަފް އެފްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި 6-3 ގެ ނަތީޖާއަކުން ކިފުޅިއަންސް ބަލިކުރުމަށްފަހުއެވެ. އަދި ސްޓްރީޓް ބްރަދާސް ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި ފަސޭހަކަމާއެކު 9-2 ގެ ނަތީޖާއަކުން އަލްގޭ ބަލިކުރުމަށްފަހު އެވެ. މީގެ އިތުރުން މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ސްޓްރީޓްސް ބްރަދާސް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ސްޓްރީޓް ބްރަދާސް ކުުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ސްޓްރީޓް ބްރަދާސް އިން އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، މިހާފުގައި ހަލަފުން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ފިޒިކަލް ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުގެ ދެކުޅުންތެރިއަކަށް ރަތްކާޑުވެސް ދައްކާފައިވެއެވެ. އަދި މިމެޗުގައި ސްޓްރީޓް ބްރަދާސް އަބްދުﷲ ލޫތު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުސަމް އަލީ އަދި އަހުމަދު އައިހަމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން މިމެޗުގައި ހަލަފް އެފްސީގެ އިބްރާހިމް ހާމިދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެޱއަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފް އެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓްރީޓް ބްރަދާސް އަބްދުﷲ ލޫތު އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ރެދަން އެފްސީ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ނަސްރުﷲ މޫސާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަބްދުﷲ ލޫތް (ސްޓްރީޓް ބްރަދާސް)، ޖުމާން (ސްޓްރީޓް ބްރަދާސް)، އަހުމަދު މާހިމް (ސްޓްރީޓް ބްރަދާސް)، އަހުމަދު މަޝީދު (ހަލަފް އެފްސީ) އަދި އިބްރާހިމް ޝަރީފް (ހަލަފް އެފްސީ) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ސްޓްރީޓް ބްރަދާސް އަބްދުﷲ ލޫތު އެވެ.

ޗެންޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އަރަކާއެވެ. އަދި ޓައިޓަލް ސްޕޮންސަރ އަކީ އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. މީގެއިތުރުން ޕްރިންޓިންގ ޕާޓްނަރ އަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރުންނަކީ ސިޑިބަރި އަދި ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.