"ވޮއިސް" އިން ރ. އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ނިންމުގެ ތެރެއިން
ފޮޓޯ: ވޮއިސް
"ވޮއިސް" އިން ރ. އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ނިންމުގެ ތެރެއިން ފޮޓޯ: ވޮއިސް
ހަބަރު 29 Nov 2026 | 22:24

ވޮއިސް އިން އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ރ. އިނގުރައިދޫގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި، އޮންލައިން ނޫސް "ވޮއިސް" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ޚާއްޞަ ތަމްރީނު ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގުރާމަކީ "ވޮއިސް" އާއި ރ. އިނގުރައިދޫ ކައުންސިލްގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގެ ބައިވެރިން..
ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގެ ބައިވެރިން..

މި ތަމްރީނު ޕްރޮގުރާމުގައި އެ ރަށުގެ ޖުމްލަ 28 ފަރާތަކުން ބައިވެރިވެ، ކާމިޔާބުކަމާއެކު ވަނީ ކޯސް ފުރިހަމަކޮށްފައެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގައި ތަޖުރިބާކާރު ނޫސްވެރިޔާ ހަމްދޫން..
ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގައި ތަޖުރިބާކާރު ނޫސްވެރިޔާ ހަމްދޫން..

މި ވޯކްޝޮޕްގެ މައިގަނޑު އަމާޒަކީ މީޑިއާގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދީ، ނޫސްވެރިކަމުގެ ދާއިރާއިން ކުދިން ބިނާކުރުމެވެ. މިގޮތުން ނޫސްވެރިކަމުގެ އަސާސްތަކާއި، ލިޔުންތެރިކަމުގެ ހުނަރުތަކާއި، މީޑިއާގެ ދާއިރާއާ ގުޅޭ މުހިންމު އެކި މަޢުލޫމާތުތައް ބައިވެރިންނާ ވަނީ ޙިއްޞާކޮށްފައެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގެ ތެރެއިން..
ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގެ ތެރެއިން..

އަދި ހަމައެކަނި ނަޒަރިއްޔާތުގެ އިތުރުން، އަމަލީ ގޮތުން ޚަބަރާއި ރިޕޯޓް ލިޔުމުގެ މަސައްކަތްތައް ވެސް ބައިވެރިން ލައްވައި ވަނީ ކުރުވާފައެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގެ ތެރެއިން..
ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގެ ތެރެއިން..

މި ތަމްރީނު ޕްރޮގުރާމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވައި، ފިލާވަޅުތައް ނަންގަވައިދެއްވީ ރާއްޖޭގެ މީޑިއާ އަދި ކޮމިއުނިކޭޝަން ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ބޭފުޅުންނެވެ.

ވޯކްޝޮޕްގެ ފެސިލިޓޭޓަރުން
ވޯކްޝޮޕްގެ ފެސިލިޓޭޓަރުން

މި ފެސިލިޓޭޓަރުން ވަނީ އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި، ބައިވެރިންނަށް ނޫސްވެރިކަމުގެ މައިދާނުގައި ހުރި ފުރުޞަތުތަކާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް އޮޅުންފިލުވައިދީފައެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގައި ތަޖުރިބާކާރު ޕްރެޒެންތަރު އަދި ނޫސްވެރިޔާ ހަމީދު
ނޫސްވެރިން ތަމްރީނުކުރުމުގެ ވޯކްޝޮޕްގައި ތަޖުރިބާކާރު ޕްރެޒެންތަރު އަދި ނޫސްވެރިޔާ ހަމީދު

މި ތަމްރީނު ޕްރޮގުރާމަކީ އިނގުރައިދޫގައި މިފަދަ ދާއިރާއަކުން ޒުވާނުން ތަމްރީނު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ރަށުގެ ކައުންސިލުންނާއި ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ
29 Nov 2026 ހަބަރު

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ

ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މި ބަޔާން ނެރުމުގެ ކުރީން ކަން ވީ ގޮތް ސާފުކޮށްދީ ސީޒަން ވަނީ ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ. އަދި އެކަމަށް މާފަށް ވެސް އެދިފައިވެ އެވެ.

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި
29 Nov 2026 ހަބަރު

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ޕޮލިސީއެމްވީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހިރާއްޖޭގެ އަދި ދިވެހީންގެ ޤައުމީ ވަންތު (މޯލްޑިވިއަން އައިޑެންޓިޓީ) ދިރާސާކުރުމުގެ ޤައުމީ ޕްރޮޖެކްޓެއް މިއަދު އިފްތިތާޙުކޮށްފި އެވެ.

 ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
29 Nov 2026 ހަބަރު

ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ރ. އިނގުރައިދޫގައި ކުރިއަށްދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން، އެ ރަށުގެ ހިތްގައިމު ސަރަޙައްދެއް ކަމަށްވާ "ރަސްވިލި" ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ހުރިހާވެސް އަމާޒަކީ ރައީސަށް ދެވަނަ ދައުރެއް ހޯދާ ދިނުން: އަބްދުއްރަހީމް
29 Nov 2026 ހަބަރު

ހުރިހާވެސް އަމާޒަކީ ރައީސަށް ދެވަނަ ދައުރެއް ހޯދާ ދިނުން: އަބްދުއްރަހީމް

"މުޅި ޕާޓީގެ ހުރިހާ ގުނަވަނެއްގެ އަމާޒު ހިފާފައި މިހުރީ 2028 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް،" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އަސްލަމުވެސް ސުވާލު އުފައްދަވައިފި
29 Nov 2026 ހަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އަސްލަމުވެސް ސުވާލު އުފައްދަވައިފި

އެހެން ނަމަވެސް މިއަދުގެ ކުރެހުންތައް މަންޒަރު ކޮށްދެނީ މުޅީން އެހެން ތަސްވީރެއް ކަމަށް ވިދާޅުވި އެވެ.

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ
29 Nov 2026 ހަބަރު

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ

ބައި-އިލެކްޝަނުގައި ޒީނާ ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވީ ނަމަވެސް އޭނާއަށް ޕީއެންސީން ތާއީދުކުރި އެވެ.

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކައިފި
29 Nov 2026 ހަބަރު

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކައިފި

ކުންފުނިތަކުން ލިބުނު ފައިދާ އިތުރުވި ނަމަވެސް، އެކި ބާވަތުގެ ފީތަކާއި ޗާޖުތަކުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 1.5 އިންސައްތަ ދަށްވެފައެވެ

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި
29 Nov 2026 ހަބަރު

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގެސްޓްހައުސް އަދި ސަފާރީ ފައިނޭންސިން ފެސިލިޓީތަކަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގެ މައި އިގުތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.