ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް --
ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް --
ހަބަރު 29 Nov 2026 | 22:18

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އަސްލަމުވެސް ސުވާލު އުފައްދަވައިފި

މިދިޔަ ހުކުރު ދުވަހު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ވެސް ސުވާލު އުފައްދަވައިފި އެވެ.

އަސްލަމް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މޭރުމުން ވާހަކަތަކެއް ހިއްސާކުރައްވާފަ އެވެ. ވިދާޅުވީ މިނިވަން، އިންސާފުވެރި އިންތިހާބެއް ލިބުމުގެ ހައްގަކީ އެމްޑީޕީން އެ ޕާޓީ އުފެދުމުގައިވެސް އެންމެ ހަރު އަޑުން ގޮވި އެއް ގޮވެލި ކަމަށެވެ.

އެހެން ނަމަވެސް މިއަދުގެ ކުރެހުންތައް މަންޒަރު ކޮށްދެނީ މުޅީން އެހެން ތަސްވީރެއް ކަމަށް ވިދާޅުވި އެވެ.

ނިމިދިޔަ ގައުމީ މަޖިލީހުގެ އިންތިހާބުގައި އަސްލަމް ވާދަކުރެއްވީ އައްޑޫ ސިޓީއަށް ގައުމީ މަޖިލީހުން ހާއްސަކުރި ގޮނޑިތަކުން ގޮނޑިއަކަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި އައްޑޫ ސިޓީއަށް ފަސް ގޮނޑި ޚާއްސަކޮށްފައިވެ އެވެ.

އިންތިހާބުން އަސްލަމަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. އަސްލަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "ޓީމް އެެމްޑީޕީ" ގެ މެންބަރެކެވެ.

މި ފަހަރުގެ ގައުމީ މަޖިލީހުގެ އިންތިހާބާއިމެދު ވަރަށް ގިނަ ކެންޑިޑޭޓުން ދަނީ ސުވާލު އުފައްދަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ
29 Nov 2026 ހަބަރު

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ

ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މި ބަޔާން ނެރުމުގެ ކުރީން ކަން ވީ ގޮތް ސާފުކޮށްދީ ސީޒަން ވަނީ ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ. އަދި އެކަމަށް މާފަށް ވެސް އެދިފައިވެ އެވެ.

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި
29 Nov 2026 ހަބަރު

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ޕޮލިސީއެމްވީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހިރާއްޖޭގެ އަދި ދިވެހީންގެ ޤައުމީ ވަންތު (މޯލްޑިވިއަން އައިޑެންޓިޓީ) ދިރާސާކުރުމުގެ ޤައުމީ ޕްރޮޖެކްޓެއް މިއަދު އިފްތިތާޙުކޮށްފި އެވެ.

 ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
29 Nov 2026 ހަބަރު

ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ރ. އިނގުރައިދޫގައި ކުރިއަށްދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން، އެ ރަށުގެ ހިތްގައިމު ސަރަޙައްދެއް ކަމަށްވާ "ރަސްވިލި" ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ހުރިހާވެސް އަމާޒަކީ ރައީސަށް ދެވަނަ ދައުރެއް ހޯދާ ދިނުން: އަބްދުއްރަހީމް
29 Nov 2026 ހަބަރު

ހުރިހާވެސް އަމާޒަކީ ރައީސަށް ދެވަނަ ދައުރެއް ހޯދާ ދިނުން: އަބްދުއްރަހީމް

"މުޅި ޕާޓީގެ ހުރިހާ ގުނަވަނެއްގެ އަމާޒު ހިފާފައި މިހުރީ 2028 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް،" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

ވޮއިސް އިން އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
29 Nov 2026 ހަބަރު

ވޮއިސް އިން އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ރ. އިނގުރައިދޫގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި، އޮންލައިން ނޫސް "ވޮއިސް" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ޚާއްޞަ ތަމްރީނު ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ
29 Nov 2026 ހަބަރު

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ

ބައި-އިލެކްޝަނުގައި ޒީނާ ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވީ ނަމަވެސް އޭނާއަށް ޕީއެންސީން ތާއީދުކުރި އެވެ.

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކައިފި
29 Nov 2026 ހަބަރު

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކައިފި

ކުންފުނިތަކުން ލިބުނު ފައިދާ އިތުރުވި ނަމަވެސް، އެކި ބާވަތުގެ ފީތަކާއި ޗާޖުތަކުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 1.5 އިންސައްތަ ދަށްވެފައެވެ

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި
29 Nov 2026 ހަބަރު

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގެސްޓްހައުސް އަދި ސަފާރީ ފައިނޭންސިން ފެސިލިޓީތަކަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގެ މައި އިގުތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.