މިނިސްޓްރީ އޮފް ފިނަންސް (މާލީ ވުޒާރާ) / ފޮޓޯ: ވޮއިސް
މިނިސްޓްރީ އޮފް ފިނަންސް (މާލީ ވުޒާރާ) / ފޮޓޯ: ވޮއިސް
ހަބަރު 29 Nov 2026 | 21:54

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކައިފި

އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުން ދައުލަތަށް ޑިވިޑެންޑް ނުވަތަ ހިއްސާގެ ފައިދާގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް ރިޕޯޓް" ގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ޑިވިޑެންޑްގެ ގޮތުގައި 1.06 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

ކުންފުނިތަކުން ލިބުނު ފައިދާ އިތުރުވި ނަމަވެސް، އެކި ބާވަތުގެ ފީތަކާއި ޗާޖުތަކުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 1.5 އިންސައްތަ ދަށްވެފައެވެ. އެގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 8.33 ބިލިއަން ރުފިޔާއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކި ފަރާތްތަކުން ދައުލަތަށް ދިން ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 534.7 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ ނުވަތަ 2.59 ބިލިއަން ރުފިޔާގެ ކުރިއެރުމަކާއެކު، ޓެކްސްގެ ގޮތުގައި 28.41 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ބަލައިގެންފައެވެ. މި އަދަދަކީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި 31.30 ބިލިއަން ރުފިޔާގެ ޓެކްސް އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައެވެ. މި ކުރިއެރުން ލިބިފައިވަނީ ވިޔަފާރިއާއި އާމްދަނީން ނަގާ ޓެކްސްގެ އިތުރުން ޖީއެސްޓީ އަދި އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ދައުލަތަށް ލިބޭ ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި އާންމު ވިޔަފާރީގެ ދާއިރާއިން ޖީއެސްޓީގެ ގޮތުގައި ޖުމްލަ 14.93 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 6.0 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 9.84 ބިލިއަން ރުފިޔާ ހިމެނެއެވެ. މިއީ ވޭތުވެދިޔަ އަހަރަށްވުރެ 501.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ހަމައެއާއެކު، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 7.2 އިންސައްތަ އިތުރުވެ، 5.09 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ހިލޭ އެހީ ހިމެނޭހެން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 7.7 އިންސައްތައިގެ ކުރިއެރުމަކާއެކު 37.27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ޚަރަދު ވަނީ 41.96 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.9 އިންސައްތައިގެ އިތުރުވުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ
29 Nov 2026 ހަބަރު

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ

ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މި ބަޔާން ނެރުމުގެ ކުރީން ކަން ވީ ގޮތް ސާފުކޮށްދީ ސީޒަން ވަނީ ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ. އަދި އެކަމަށް މާފަށް ވެސް އެދިފައިވެ އެވެ.

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި
29 Nov 2026 ހަބަރު

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ޕޮލިސީއެމްވީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހިރާއްޖޭގެ އަދި ދިވެހީންގެ ޤައުމީ ވަންތު (މޯލްޑިވިއަން އައިޑެންޓިޓީ) ދިރާސާކުރުމުގެ ޤައުމީ ޕްރޮޖެކްޓެއް މިއަދު އިފްތިތާޙުކޮށްފި އެވެ.

 ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
29 Nov 2026 ހަބަރު

ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ރ. އިނގުރައިދޫގައި ކުރިއަށްދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން، އެ ރަށުގެ ހިތްގައިމު ސަރަޙައްދެއް ކަމަށްވާ "ރަސްވިލި" ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ހުރިހާވެސް އަމާޒަކީ ރައީސަށް ދެވަނަ ދައުރެއް ހޯދާ ދިނުން: އަބްދުއްރަހީމް
29 Nov 2026 ހަބަރު

ހުރިހާވެސް އަމާޒަކީ ރައީސަށް ދެވަނަ ދައުރެއް ހޯދާ ދިނުން: އަބްދުއްރަހީމް

"މުޅި ޕާޓީގެ ހުރިހާ ގުނަވަނެއްގެ އަމާޒު ހިފާފައި މިހުރީ 2028 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް،" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

ވޮއިސް އިން އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
29 Nov 2026 ހަބަރު

ވޮއިސް އިން އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ރ. އިނގުރައިދޫގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި، އޮންލައިން ނޫސް "ވޮއިސް" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ޚާއްޞަ ތަމްރީނު ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އަސްލަމުވެސް ސުވާލު އުފައްދަވައިފި
29 Nov 2026 ހަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އަސްލަމުވެސް ސުވާލު އުފައްދަވައިފި

އެހެން ނަމަވެސް މިއަދުގެ ކުރެހުންތައް މަންޒަރު ކޮށްދެނީ މުޅީން އެހެން ތަސްވީރެއް ކަމަށް ވިދާޅުވި އެވެ.

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ
29 Nov 2026 ހަބަރު

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ

ބައި-އިލެކްޝަނުގައި ޒީނާ ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވީ ނަމަވެސް އޭނާއަށް ޕީއެންސީން ތާއީދުކުރި އެވެ.

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި
29 Nov 2026 ހަބަރު

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގެސްޓްހައުސް އަދި ސަފާރީ ފައިނޭންސިން ފެސިލިޓީތަކަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގެ މައި އިގުތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.