މިރޭ އޮތް ހަފްލާގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ --
މިރޭ އޮތް ހަފްލާގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ --
ހަބަރު 29 Nov 2026 | 22:46

ހުރިހާވެސް އަމާޒަކީ ރައީސަށް ދެވަނަ ދައުރެއް ހޯދާ ދިނުން: އަބްދުއްރަހީމް

ޕީއެންސީން މިވަގުތު ހިންގާ ކޮންމެ ހަރަކާތެއް ފަރުމާކުރަމުންދާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމުގެ މަތިވެރި އަމާޒު ހާސިލުކުރެވޭނެ ގޮތަށް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ވ. ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ބައި-އިލެކްޝަނުގައި ކާމިޔާބުކުރެއްވި ޒީނާ އަހްމަދު ޕީއެންސީއަށް ސޮއިކުރުމަށް ބޭއްވި ހަފްލާގަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ޒީނާގެ ގުޅުމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ގަބޫލުކުރައްވައި، ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާތީ ކަމަށެވެ.

އަދި ކޮންގްރެސް ޕާޓީއަކީ ހުރިހާ އުމުރެއްގެ، ހުރިހާ ފަންތިއެއްގެ އެންމެންނަށް ހުޅުވާލެވިފައިވާ، ޕާޓީގެ ތެރެއިން އެމީހަކު ވާސިލުވާން ބޭނުންވާ ހިސާބަކަށް ވާސިލުވުމުގެ ފުރުސަތު އޮތް ޕާޓީއެއްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ހިތްވަރާއެކު ޕާޓީގެ ތެރެއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އާއްމު މެންބަރުންނަށް އަބްދުއްރަހީމް އިލްތިމާސް ކުރެއްވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އެ ޕާޓީން މިވަގުތު ހިންގާ ކޮންމެ ހަރަކާތެއް ފަރުމާކުރަމުންދާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ.މުޢިއްޒަށް ކާމިޔާބުކޮށްދިނުމުގެ މަތިވެރި އަމާޒު ހާސިލުކުރެވޭނެ ގޮތަށް ކަމަށެވެ.

"މުޅި ޕާޓީގެ ހުރިހާ ގުނަވަނެއްގެ އަމާޒު ހިފާފައި މިހުރީ 2028 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް،" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ
29 Nov 2026 ހަބަރު

ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ

ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މި ބަޔާން ނެރުމުގެ ކުރީން ކަން ވީ ގޮތް ސާފުކޮށްދީ ސީޒަން ވަނީ ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ. އަދި އެކަމަށް މާފަށް ވެސް އެދިފައިވެ އެވެ.

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި
29 Nov 2026 ހަބަރު

ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި

ޕޮލިސީއެމްވީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހިރާއްޖޭގެ އަދި ދިވެހީންގެ ޤައުމީ ވަންތު (މޯލްޑިވިއަން އައިޑެންޓިޓީ) ދިރާސާކުރުމުގެ ޤައުމީ ޕްރޮޖެކްޓެއް މިއަދު އިފްތިތާޙުކޮށްފި އެވެ.

 ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
29 Nov 2026 ހަބަރު

ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ރ. އިނގުރައިދޫގައި ކުރިއަށްދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން، އެ ރަށުގެ ހިތްގައިމު ސަރަޙައްދެއް ކަމަށްވާ "ރަސްވިލި" ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ވޮއިސް އިން އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
29 Nov 2026 ހަބަރު

ވޮއިސް އިން އިނގުރައިދޫގައި ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ރ. އިނގުރައިދޫގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި، އޮންލައިން ނޫސް "ވޮއިސް" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ޚާއްޞަ ތަމްރީނު ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އަސްލަމުވެސް ސުވާލު އުފައްދަވައިފި
29 Nov 2026 ހަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އަސްލަމުވެސް ސުވާލު އުފައްދަވައިފި

އެހެން ނަމަވެސް މިއަދުގެ ކުރެހުންތައް މަންޒަރު ކޮށްދެނީ މުޅީން އެހެން ތަސްވީރެއް ކަމަށް ވިދާޅުވި އެވެ.

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ
29 Nov 2026 ހަބަރު

ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ

ބައި-އިލެކްޝަނުގައި ޒީނާ ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވީ ނަމަވެސް އޭނާއަށް ޕީއެންސީން ތާއީދުކުރި އެވެ.

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކައިފި
29 Nov 2026 ހަބަރު

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކައިފި

ކުންފުނިތަކުން ލިބުނު ފައިދާ އިތުރުވި ނަމަވެސް، އެކި ބާވަތުގެ ފީތަކާއި ޗާޖުތަކުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 1.5 އިންސައްތަ ދަށްވެފައެވެ

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި
29 Nov 2026 ހަބަރު

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގެސްޓްހައުސް އަދި ސަފާރީ ފައިނޭންސިން ފެސިލިޓީތަކަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގެ މައި އިގުތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.