ވ. ތިނަދޫ ޑަބްލިއުޑީސީއަށް ހޮވުނު ޒީނާ ޕީއެންސީއާ ގުޅިއްޖެ
ވ. ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފި އެވެ.
އޭނާ ޕާޓީއާ ގުޅުނީ އެކަމަށްޓަކައި މިރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ހަފްލާއެއްގަ އެވެ. އެ ރަސްމިއްޔާތުގައި އޭނާއަށް މަރުހަބާ ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާއި ގައުމީ މަޖިލީހުގެ މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ބައި-އިލެކްޝަނުގައި ޒީނާ ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވީ ނަމަވެސް އޭނާއަށް ޕީއެންސީން ތާއީދުކުރި އެވެ. އޭނާ އެ އިންތިހާބު ކާމިޔާބުކުރީ ތިނަދޫގައި މަގުބޫލުކަން ބޮޑު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓު ބަލިކުރުމަށް ފަހު އެވެ.
އެ ގޮނޑި ޒީނާ ކާމިޔާބުކުރި ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓާއި ވާދަކޮށް ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް