ބޭންކް އޮފް މޯލްޑިވްސް / ފޮޓޯ: ވޮއިސް
ބޭންކް އޮފް މޯލްޑިވްސް / ފޮޓޯ: ވޮއިސް
ހަބަރު 29 Nov 2026 | 20:11

ގެސްޓްހައުސް އަދި ސަފާރީ ލޯނުތަކަށް ލުއިތަކެއް؛ އިކުއިޓީ %20 އަށް ދަށްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގެސްޓްހައުސް އަދި ސަފާރީ ފައިނޭންސިން ފެސިލިޓީތަކަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލުން ބުނީ މި ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގެ މައި އިގުތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ބީއެމްއެލްގެ ގެސްޓްހައުސް ފައިނޭންސިންގ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އަމިއްލަ އިކުއިޓީ %20އަށް ވަނީ ކުޑަކޮށްފައެވެ. އަދި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ދެ އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރަށް މިހާރު ވަނީ އިތުރުކޮށްދީފައެވެ. މީގެ އިތުރުން އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލުތަކަށް ބަލާއިރު، ރުފިޔާއިން ލޯނު ނަގައި ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް %7ކަނޑައަޅާފައިވާއިރު، ރުފިޔާއާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ %9އެވެ.

މީގެއިތުރުން، ސަފާރީ ބަނުމަށާއި މަރާމާތުކުރުމަށް ދޫކުރާ ލިވްއެބޯޑް ފައިނޭންސިންއަށް ވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން އިކުއިޓީ %25އަށް ދަށްކޮށް، ދެ އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު ލޯނު އަނބުރާ ދެއްކުމަށް 12 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.

މި ފެސިލިޓީގެ ދަށުން ނަގާ ފައިސާ ޑޮލަރުން އަނބުރާ ދައްކާނަމަ %8އަދި ރުފިޔާއާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ އިންޓްރެސްޓް ރޭޓަކީ %10އެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މައި އިޤްތިޞާދު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުން ކަމަށެވެ. އެގޮތުން، އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު ދިގުކޮށް، އަދި މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތައް ބަލައިގަތުމުން، މި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހުރި ބޮޑެތި ހުރަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ގައުމީ ކުރިއެރުމުގައި މި ދާއިރާގެ ދައުރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ،"

ސީއީއޯ މުޙައްމަދު ޝަރީފް

ފައިނޭންސް ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ އިކުއިޓީ ދެއްކުމަށް ލުޔެއް ދިނުމުގެ ގޮތުން، ކަސްޓަމަރު އަމިއްލައަށް އެ މަޝްރޫޢަކަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް ބޭންކުން ބަލައި ވެރިފައިކުރުމަށްފަހު، އެއީ އިކުއިޓީގެ ގޮތުގައި ބަލައިގަންނަ ގޮތަށް ވެސް ބީއެމްއެލްއިން މިހާރު ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމަށްޓަކައި، އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ރިސޯޓުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ވަނީ މި ހިނގާ އަހަރުގެ ތެރޭގައި އެކަނިވެސް އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށް، ރާއްޖޭގެ އިޤުތިޞާދަށް މުހިންމު މާލީ އެއްބާރުލުމެއް ފޯރުކޮށްދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖެ ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓްކޮށްފި
29 Nov 2026 ހަބަރު

ރާއްޖެ ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓްކޮށްފި

އިމިގްރޭޝަނުން ބުނީ އޭނާ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް ބުންޏެވެ.

ފަހިޕޭ މެދުވެރިކޮށް ފަވަރައިގެ ޚިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފި
29 Nov 2026 ހަބަރު

ފަހިޕޭ މެދުވެރިކޮށް ފަވަރައިގެ ޚިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ފަވަރައިގެ ޚިދުމަތާ ގުޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ޓެކްނިކަލް ތައްޔާރީތަކާއި ޓެސްޓުތައް ފުރިހަމަކުރުމަށްފަހު، ފަހިޕޭ އިން މި ޚިދުމަތްތައް ދޭން ފަށާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހެވެ.

ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
29 Nov 2026 ހަބަރު

ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވި މީހާ އޮތީ ސީރިއަސް ހާލަތެއްގައެވެ.

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
29 Nov 2026 ހަބަރު

ގެދޮރު ބިނާކުރުމަށް އެހީ ދޭ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކީމަކީ 18 އަހަރުން މަތީގެ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ފައިނޭންސިންގ ފެސިލިޓީއަށް ވާސިލުވުން ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ސްކީމެކެވެ.

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި
29 Nov 2026 ހަބަރު

ތުހުމަތެެއްގައި އިމިގްރޭޝަންގެ މުވައްޒިފަކު ހައްޔަރުކޮށްފި

ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާއަށް އޮތީ ރާއްޖެއިން ޑީޕޯޓްކުރި މީހަކު ރާއްޖެ އެތެރެކުރުމުގެ ތުހުމަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް
29 Nov 2026 ހަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ބޮޑެތި ޝައްކުތަކެއް އުފެދި، ގިނަ ތުހުމަތުތަކެއް

މި އިންތިހާބުގައި ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވަރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ
29 Nov 2026 ހަބަރު

އިލެކްޓްރޮލައިޓްސް ފަދަ ބުއިންތައް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭނުންނުކުރޭ؛ ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: އެމްއެފްޑީއޭ

އިލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ފަދަ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް
29 Nov 2026 ހަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޕޯޓަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ދައިރާގެ ހަރަދުތަކުގެ ދެމެދުގައި 2.04 ބިލިއަން ރުފިޔާގެ ބޮޑު ފަރަގެއް އެބަހުއްޓެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު ބައެއް ދާނީ ހިލޭ ޑިގްރީ ޕްރޮގްރާމާއި، މަތީ ތައުލީމުގެ ލޯނު ސްކީމްތަކާއި، ސްކޮލަރޝިޕްތަކުގެ އިތުރުން ދަރިވަރުންނަށް ދެވޭ އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.