ފްލެޓްތައް ލިބޭނީ އެޖެންޑާާ19 ކާމިޔާބުކޮށްދީގެން: ރައީސް ނަޝީދު
ރައްޔިތުންނަށް ގޯތިގެދޮރާާއި ފްލެޓް ލިބެން އޮތީ އެމްޑީޕީއަށް އެޖެންޑާ19 ކާމިޔާބުކޮށްދީގެންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އޮތް އެޖެންޑާ19ގެ ޚާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަން ނުލިބުމާއި އެކަން ފޯރުކޮށްދިނުމުގައި ހިނގާފައިވާ ނާއިންސާފު ފަދަ ކަންކަމުގެ ފަރުވާއަކީ އެޖެންޑާ19 ކަމަށެވެ. އަދި ފްލެޓްތައް ލިބޭނީ އެޖެންޑާ19 ކާމިޔާބުކޮށްދީގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިހާބާ ދިމާކޮށް ފްލެޓާއި ގޯޯތީގެ ވާހަކަ ދައްކަވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އެފަދަ ވާހަކަ ދައްކައި، ކަންކުރަނީ އިންތިހާބުތަކާ ދިމާކޮށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަން އޮތް ޖީލަށް ކޮށްދެވެން އޮތް ކަމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއިި އެކަން ނުކުރެވިއްޖެނަމަ މި ރާއްޖެވެސް އަދި މާލެވެސް ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް