އައްޑޫ މަސްފެކްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އައްޑޫ ސިޓީ ހިތަދޫ މަސް ފެކްޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ އެތަނުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ މިއަދު ހަވީރު ފަސްގަޑި ފަންސާސް ތިނެއް ހާއިރު ކަމަށެވެ. އެ މެސް ފެކްޓަރީގައި ރޯވާން ދިމާވި ސަބަބު އަދި ހާމަކޮށްފައި ނުވާއިރު އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިވާ ކަމަގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ ހަތްގަޑި ތިރީސް ހާއިރު ކަމަށެވެ. އެ ހާދިސާފެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް