ކައުންސިލަރުންނާއި މޭޔަރުން ވަކިކުރުުމުގެ ބާރު މަޖިލީހަށް ދެނީ
ދިވެހިރާއްޖޭގެ ރަށްތައް ލާާމަރުކަޒީ ނިޒާމަކުން ހިންގުމުގެ އުސޫލުގެ ދަށުން އިންތިޚާބުކުރެވޭ މޭޔަރުންނާާއި ކައުންސިލަރުން ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.
އެ ގާނޫނަށް މިފަދައިން އިސްލާާހު ގެނެސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ފަރާތުންނެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށައެޅުއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާނުކުރާކަމަށް އެލްޖީއޭއަށް ފެނިއްޖެ ހާލަތެއްގައި އެ ފަރާތެއް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭގެ ފަރާތުން ހުށައެޅިދާނެއެވެ. މިގޮތަށް އެލްޖީއޭއަށް ހުށައެޅޭނީ ބޯޑު މެންބަރުންގެ ތެެރެއިން ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައިވެއެވެ.
އެލްޖީއޭއަށް ކައުންސިލަރަކާއި ގުޅިގެން މައްސަލައެއް ހުށައެޅިއްޖެ ހާލަތެއްގައި އެ މައްސަލަ ބެލުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލަން ޖެހޭނެކަމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ. އަދި އެ އިންކުއަރީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން ކައުންސިލަށް އެންގުމަށްފަހު ރަނގަޅު ނުކުރާނަމަ އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ހިމަނާފައެވެ.
ލާާމަރުކަޒީ ގާނޫނަށް ގެނައުމަށް ވިސްނަމުންދާާ މި އިސްލާހުގެ ސަބަބުން އެ ނިޒާމުގައި ރައްޔިތުންގެ ބާރުވެރިކަން ކުޑަވެ، ގާނޫނު ހަދާ ބާރުގެ ނުފޫޒު ފޯރާނެކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް