އަދީބު އެދެނީ ޝަރީއަތް ލައިވްކޮށްގެން ކުރިއަށްގެންދަން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ މައްސަލައިގެ ދައުވާ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެބޭފުޅާ އެދިއްޖެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފައެވެ. މި ދައުވާތައް އުފުލާފައިވަނީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށެވެ.
މި މައްސަލަތަކުގެ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަދީބު ވަނީ އެދިފައެވެ. މިފަދައިން އަދީބު އެދިލައްވާފައިވަނީ އެ މައްސަލައަކީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ގުޅިފައިވާ މައްސަލައަކަށްވުމުން ކަަމަށް އެބޭފުޅާގެ ގާނޫނީ ވަކީލުންގެ ޓީމުން މައުލޫމާތުދެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން އަދީބުގެ މައްޗަށް މިހާރުވެސް ސުޕްރީމް ކޯޓުގައި ދައުވާއެއް އުފުލި ޝަރީއަތް ކުރެވެމުންދެއެވެ. އެއީ ޅ.މާބިންހުރާގެ އެކުއިޒިޝަން ކޯސްޓަށް ޚިޔާނާތްތެރިވިކަމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެބޭފުޅާ ހުންނެވީ ގޭބަންދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް