އިންޑިޔާ ކަނޑުގެ އަމާންކަމަށް ރާއްޖެއިން އެދޭ: މާރިޔާ
ރާއްޖެއަކީ އަބަދުވެސް އިންޑިޔާ ކަނޑުގެ ސަލާމަތަށް އެދޭ ގައުމެއްކަމަށް، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދަ ހިންދޫ ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މާރިޔާ ވިދާޅުވީ، ރާއްޖޭގެ ވިސްނުމާއި އެދުމަކީ އިންޑިޔާ ކަނޑު އަމާންކަންމަތީ އޮތުންކަމަށެވެ. އަދި މި ސަރަހައްދަކީ ރާއްޖެފަދަ ގައުމުތަަކަށް އަސަރުކޮށްފާނޭ ބީދައިން ބޮޑެތި ބާރުތަކުން ހަރަކާތްތެރިވާ ސަރަހައްދަކަށް ވުމަށް ނޭދޭކަމަށްވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ބަސްދީގަތުމުގައި މާރިޔާ ވަނީ އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާނީ ގުޅުމަށް އަލިއަޅުއްވާލައްވައި، އިންޑިޔާ ނޫން އެހެން ގައުމަކާއި މެދު އަސްކަރީ ގުޅުން ބަދަހިކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަން ހާމަކުރައްވާފައެވެ.
މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާގެ ހެލިކޮޕްޓަރ ތަކަށް ޝުކުރު އަދާކޮށް، އޭގެން ބޮޑެތި ލުއިފަސޭހަތަކެއްވާކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް