އެންމެ ޢުމުރުން ދޮށީ ޙައްޖުވެރިޔާ - ފޮޓޯ: ފޭސްބުކް
އެންމެ ޢުމުރުން ދޮށީ ޙައްޖުވެރިޔާ - ފޮޓޯ: ފޭސްބުކް
ދުނިޔެ 11 Jun 2024 | 15:29

މި އަހަރުގެ އެންމެ ޢުމުރުން ދުވަސްވީ ޙައްޖުވެރިއަކަށް 130 އަހަރުގެ މީހެއް

މި އަހަރު އެންމެ ޢުމުރުން ދުވަސްވީ ޙައްޖުވެރިއެއްގެ ގޮތުގައި ޙައްޖަށް ގޮސްފައިވަނީ 130 އަހަރުގެ މީހެއްކެވެ.

ޙަރަމްފުޅުގެ ޚަބަރުތައް ގެނެސްދޭ، ‘އިންސައިޑް ދަ ޙަރަމައިން’ އިން ރިޕޯޓުކުރި ގޮތުގައި އެންމެ ޢުމުރުން ދުވަސްވީ ޙައްޖުވެރިޔާއަކީ، ސަރަހޫދާ ސްތީތީ ނަމަކަށް ކިޔާ ޖަޒާއިރަށް ނިސްބަތްވާ މީހެކެވެ.

އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ސަޢުދީ ޢަރަބިއްޔާއަށް ގޮސްފަައެވެ.

ސަރަހޫދާ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީޢަރަބިއްޔާއަށް ދިޔުމުން ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ސައުދީ އަށް ހަނދު ފެނުމާއި ގުޅިގެން މިއަހަރުގެ ހައްޖު މަސް މިމަހުގެ 7 ވަނަ ދުވަހު ފެށިފައިވާއިރު، ޢަރަފާތު ދުވަހަކީ މިމަހުގެ 15 ވަނަ ދުވަހެވެ. އަދި އަޟްހާ އީދު ދުވަހަކީ މި މަހުގެ 16 ވަނަ ދުވަހެވެ.

ސަޢުދީ ޢަރައްބިއްޔާއިން މައުލޫމާތުދިން ގޮތުގައި މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިހާތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ޙައްޖުވެރިން ވަނީ ސައުދީ އަރަބިއާއަށް އެތެރެވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް