ތިނަދޫގައި މުޒާހަރާ ރޭވުމުގައި އުޅުނު ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަން ނިންމައިފި
ތިނަދޫގައި މުޒާހަރާ ރޭވުމުގައި އުޅުނު ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި އުޅުނު މީހުން ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ. ވިސާ ވައިލޭޝަނެއް އެއީ،"
އިހުސާން ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ފެށިގެން އައީ، ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކަށް ތާއީދުކޮށް، ގދ. ތިނަދޫގައި ދިރިއުޅޭ ބިދޭސީންތަކެއް މުޒާހަރާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް