ސިޔާސީ މުވައްޒަފުންނަށްވެސް ވިހެއުމާއި ގުޅިގެން ޗުއްޓީދެނީ
ވިހެއުމާއި ގުޅިގެން މުސާރައާއި އެކު ފޯރުކޮށްދޭ މެޓާނިޓީ އަދި ޕެޓާނިޓީ ލީވް، ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކަށްވެސް ފޯރުކޮށްދޭން ނިންމައިފިއެވެ.
މި ނިންމުން ވަނީ ވިހެއުމާއި ގުޅިގެން ޗުއްޓީ ދޭ އުސޫލުގައި ހިމަނާ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މިއުސޫލުގައި ބުނެފައިވަނީ މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދެވޭނެ ކަމަށެވެ.
މިހާރުވެސް ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް މިނިވަން މުއައްސަސާތަކުގައިވެސް ދަނީ ވިހެއުމުން މައިމީހާއަށް ލިބޭ ޗުއްޓީ އަށް ހަމަސް ދުވަސް ދެމުންނެވެ.
މުސާރަ އާއި އެކު ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަމަސް ދުވަސް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް