މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވައި ފެނިފައިވަނީ މ. ހުދުއަކިރި، ޢަބްދުالله ޙަސަން (53އ).
ފުލުހުން މިއަދު ބުނީ، ގުލާބީ މަގުގައިހުރި ގެއެއްގެ ތެރޭގައި ޚަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެ ތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެމީހާ އައި.ޖީ.އެމް.އެޗް އަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އައި.ޖީ.އެމް.އެޗް އިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުން.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް