މަރުވެފައިވާ މީހެއްގެ ހަށިގަނޑު
މަރުވެފައިވާ މީހެއްގެ ހަށިގަނޑު
ދީން 03 Apr 2026 | 08:02

"ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު ތިޔަބައިމީހުން އަތުލާނެ؛ މަރަށް ތައްޔާރުވޭ“

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނޭ، އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނޭ ބޮޑު ޙަޤީޤަތެއްކަން ހަނދާންކޮށްދީ، އެ ދުވަހަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޖުތަމަޢަށް ނަޞޭޙަތްތެރިވެއްޖެއެވެ.

މަރާ ގުޅޭގޮތުން މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަލާންޖެހޭނޭ ޙަޤީޤަތެއް ކަމަށާަ، މި ޙަޤީޤަތާ މެދު އެއްވެސް މީހަކު ޚިޔާލުތަފާތުވެފައެއް ނުވާ ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، އެމީހަކު ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއްނޫން ކަމަށެވެ.

މާތް الله ވަޙީކުރައްވައިފައި ވެއެވެ.

"އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަ ހުށްޓެވެ. އެއީ ތިބާ އެޔަށް ފިލާން އުޅޭ ކަމުގައިވީ މަރެވެ."

اَلْبَرَاءُ بْنُ عَازِب رَضِيَ الله عَنْهُ ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންބޭކަލުން ރަސޫލުالله ﷺ އަރިހުގައި ތިއްބަވަނިކޮށް، ދުރުން ބަޔަކު ފެނިވަޑައިގެން އެ މީހުން އެއްވެފައިވަނީ ކީއްވެގެންތޯ އެ ކަލޭގެފާނު ސުވާލުކުރެއްވިއެވެ. އެ ކަލޭގެފާނަށް ދެންނެވުނެވެ. ބޭކަލަކު އަވަހާރަވެގެން އެ ބެކޭލަކު ފަސްދާނުލުމުގެ ކަންތައް ކުރިއަށްދަނީއެވެ. އެ ހިނދު ކުއްލިއަކަށް ރަސޫލުالله ﷺ ތެދުވެވަޑައިގެން، އަވަސްފިޔަވަޅުފުޅު މަތީ ހިންގަވައިފައި، ކޮނެފައިވާ ކަށްވަޅުގެ ކައިރިއަށް ވަޑައިގެން އިށީނދެވަޑައިގަތެވެ. ދެން އެ ކަލޭގެފާނު ކުރައްވަނީ ކޮންކަމެއްތޯ ބެއްލެވުމަށް ޓަކައި، ތިމަންކަލޭގެފާނު އެ ކަލޭގެފާނުގެ ކުރިފުޅުމައްޗަށް ވަޑައިގަތީމެވެ. އެ ވަގުތު ފަސްގަނޑު ތެމިއްޖައުމަށްދާންދެން ކީރިތިކުރެއްވިއެވެ. އެއަށް ފަހު ތިމަންމެންނާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ.

"އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! މި ދުވަހަކަށް ތިޔަބައިމީހުން ވެސް ތައްޔާރުވާށެވެ!"

ޚުތުބާގައި އިތުރަށް ބުނީ މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާ ކަމަށެވެ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެ ކަމަށާ ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިއްބައި އެމީހުންނާވެސް މަރު ބައްދަލުކުރަނީ ހުއްދަހޯދައިގެން ނޫން ކަމަށް ބުނެފައިވއެވެެ.

މާތް الله ވަޙީކުރައްވައިފައި ވެއެވެ. "އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ."

ޚުތުބާގައި ބުނީ، މާތް اللهގެ އަމުރުފުޅު އައުމުން ވަގުތުން އެ މީހެއްގެ މަރުހިއްޕަވާނެ ކަމަށާ، މީހާގެ ޢުމުރަކަށް، ބަލިޙާލަތަކަށް، މީހާގެ މުއްސަނދިކަމާއި ފަޤީރުކަމަކަށް، މާތްކަމާއި މަތިވެރިކަމަކަށް މަރު ނުބަލާނެކަމަށެވެ.

އެހެންކަމުން، މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، އެ ކަމަށް ތައްޔާރުވާށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރާން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...