މިރޭ 8 ޖަހާއިރު ލަންކާގައި އަނެއްކާވެސް ކާފިޔު ހިންގަން ފަށަނީ
ސްރީލަންކާގެ އެކި ސަރަހައްދުތަކަށް އިއްޔެ ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާއި ގުޅިގެން، މިރޭ އަނެއްކާވެސް ކާފިޔު ހިންގާނެކަން އިއުލާންކޮށްފިއެވެ.
ސްރީލަންކާގެ ސަރުކާރުގެ ޑިޕާރޓްމެންޓް އޮފް ގަވަރމެންޓް އިންފޮރމޭޝަނާއި ހަވާލާދީ، އެގައުމުގެ ޓީވީ ޗެނަލެއްކަމުގައިވާ ނިއުސް ފަސްޓްއިން ރިޕޯޓްކުރާ ގޮތުގައި މި ކާފިޔު ހިންގުމަށް ހަމަޖެހިފައިވަނީ މިރޭ އަށަކުން ފަތިހު ހަތަރަކަަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެެގެ ބޮޑުބައެއްގައިވެސް މުޅި ލަންކާގައި ވަނީ ކާފިޔު ހިންގާފައެވެ.
މީގެ އިތުރުން އެގައުމުގައި ބައެއް ސޯޝަލް މީޑިޔާގެ ވަސީލަތްތަކަށް ވަނުންވެސް ވަނީ މަނާކުރެވިފައެވެ.
އިއްޔެގެ ހަމަލާއާއި ގުޅިގެން ގިނަބަޔަކު ދަނީ ހައްޔަރުކުރެވެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް