ބަނގުރާ ދަޅުތަކަކާއެކު ހުުޅުމާލެއިން ދެ ދިވެހީން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ ދިވެހީން ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކޮށްފައި ކަމަށެވެ.
އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ބުނެފަައިވެއެވެ.
މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް