ފިލާ މަސްހުނި: ފޮަޓޯ/ ވޮއިސް
ފިލާ މަސްހުނި: ފޮަޓޯ/ ވޮއިސް
ލައިފްސްޓައިލް 03 Mar 2025 | 05:48

މިއަދު މިއޮތީ ފިލާ މަސްހުނި މީރުކޮށް ކާން ބޭނުންވާ ކުދިން ޓްރައި ކޮށްލާނެ ރެސިޕީއެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުއްޅަފިލާފަތު މަސްހުންޏަކީ ރޯދަ ވީއްލާ ގަޑީގައި ބަތްޕެނާއި، ރޮށްޓާއި އަދި ބަތާއި އެކު ކާލަންވެސް ވަރަށް މީރު އެއްޗެކެވެ. އެހެންކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ފިލާ މަސްހުނި ތައްޔާރު ކުރާނެ ގޮތެވެ. ޔަގީނުންވެސް ތަފާތުވެފައި މީރުވާނެ އެވެ.

ބޭނުންވާ ތަކެތި

1 1/2 ޖޯޑު ކުއްޅަފިލާ ( ތުނިކޮށް ކޮށާފައި)

1 ދަޅު މަސް

3/4 ޖޯޑު ހުނި

1 ބޮޑު ފިޔާ ( ތުނިކޮށް ކޮށާފައި)

1/2 ސައި ސަމުސާ ލޮނުމެދު ޕޭސްޓް

1/3 ސައިސަމުސާ އިނގުރު ޕޭސްޓް

ހިކަނދިފަތް ( ކުދިކޮށް ކޮށާފައި)

1 ލުނބޮލުގެ ހުތް

1 ގިތެޔޮ މިރުސް ( ތުނިކޮށް ކޮށާފައި)

1/2 ސައި ސަމުސާ މުގުރި އަސޭމިރުސް

1/3 ސައި ސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ރިހާކުރު

ލޮނު

1/2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

1) ތައްޓެއްގެ ތެރޭގައި ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ލޮނު އަދި އިނގުރު ރަނގަޅަށް މޮޑެލާށެވެ. ދެން ލުނބޯ ހުތާއި ހިކަނދިފަތްވެސް އެއަށްއަޅާފައި މޮޑެލާށެވެ.

2) އެއަށްފަހު އޭގެ ތެރެއަށް ރިހާކުރު އަޅައިގެން މޮޑެލުމަށްފަހު ހުނި ކޮޅު އަޅާލުމަށްފަހުވެސް މޮޑެލާށެވެ.

3) ދެން މަސްދަޅުކޮޅު އަޅަލުމަށްފަހު ދިރި އަދި އަސޭމިރުސް އަޅައިގެން އެއްކޮށް މަސްހުނި ގަނޑު މޮޑެލުމަށްފަހު، ފަތް އަޅައި އެކުލަވާލާށެވެ. އެފަހުން ފެން އަޅައި އެކުލަވާލައި، ލޮނު ހެޔޮވަރު ކޮށްލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...