އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރައްވާ: ޚުތުބާ
ދޭދޭ ފަރުދުން ބައްދަލުވާ ހިނދު އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުތުބާގެ މައުޟޫ އަކީ ސަލާމްގެ އާދަ ފެތުރުމުގެ މުހިއްމު ކަމެވެ.
މިއަދުގެ ޚުތުބާގައި ވަނީ ފޯނު ކުރުމާއި އަދި މީސް މީޑިޔާގެ ވަސީލަތްތަކުން އެކަކު އަނެކާއަށް މުޢާމަލާތްކުރުމުގައި ވެސް އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި އިސްލާމީ ސަލާމުން ސަލާމްކޮށްގެން ދަރުމަ ލިބިގަނެ، ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ފުރިހަމަ ކުރުމުން ލިބިގެންދާ 30 ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
"މިއަދު އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާން ބާވެ މިތުރުން ހަތުރުންނަށްވެއްޖެއެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ގެނޑި، ދެމަފިރިން ދެބަސްވެ، ރަޙްމަތްތެރިން ޢަދާވާތްތެރިންނަށ ބަދަލުވަމުން މިދަނީ އެއްބަޔަކު އަނެއްބަޔަކަށް ދަމަހައްޓަން ޖެހޭ ލޯބި ދެމެހެއްޓުމަށް ދީނުގައި އަންގަވާފައިވާ ސަލާމު ކުރުުމުގެ އާދައާ އަޅުގަނޑުމެން ބީރައްޓެހިވުމުންނެވެ. ސަލާމުގެ ޢަރަބި އިބާރާތް ބޭނުންކުރުމަކީ މާއިހުގެ ބޯދާ ކަމަކަށް ވެއްޖެއެވެ."
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް