މާމިގިއްޔަށް އުރީދޫ ސުޕަނެޓް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އދ. މާމިގިލީގައި އުރީދޫ ސުޕަނެޓްގެ ހިދުމަތްދޭން ފަށައިފިއެވެ.
2 އެމްބީޕީއެސް އިން ފެށިގެން ގޮސް 100 އެމްބީޕީއެސް އައި ހަމައަށް އުރީދޫ ސުޕަނެޓުގެ ހިދުމަތް މާމިގިލިއަށް ތައާރަފް ކުރުމުން އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށް އުރީދޫއިން ބުނެއެވެ.
ފީއަކައި ނުލާ ގުޅާލެވޭ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މާމިގިއްޔަށް ސުޕަނެޓް ތައާރަފް ކުރެވުނު އިރު ސުޕަނެޓުގެ ޕެކޭޖްތައް ބޭނުން ކޮށްގެން ޝޯޝަލް މީޑިއާގެ ގިނަ އެޕްލިކޭޝަންތަކެއް ފަސޭހަކަމައިއެކު ބޭނުން ކުރެވޭނެ ކަމުގައި އުރީދޫއިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހެޔޮ އަގެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫގެ އަމާޒުކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މުޅި އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ސުޕަނެޓުގެ ރައުޓަރ ގަތުމުގެ އިންތިޒާމުވެސް ވަނީ އުރީދޫއިން ހަމަޖައްސަދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް