އަންނަ އަންގާރަ ދުވަހުގެ ހަވީރުވެސް ވެހިކަލް ދުއްވުން މަނާ!
އަންނަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުުތުތަކުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ދޭގޮތުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 04:30 އިން އިރުއޮއްސި 06:00 އަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދެވިފައި ނުވާ އުޅަނދުތައް ބޮޑުތަކުރުފާނު މަގުގައި ދުއްވުމަކީ މަނާކަމެކެވެ.
އެ ދުވަހުގެ އެ ވަގުތުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ ވެހިކަލްތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތްދޭ އުޅަނދުތަކަށެވެ.
އެ ދުވަހުގެ ހަވީރު ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތް ކުރިޔަށް ގެންދިޔުމަށްޓަކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް