މަގުތަކަށް ދޫކޮށްލާފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން މިއަދު ވަނީ އެކަން ހާމަކޮށްފަ އެވެ. އަދި ބައެއް ވެހިކަލްތައް ނަގާ މަންޒަރު ފެންނަ ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ.

މި މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މިއީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ.

ފުލުހުން ގެންދަނީ މި ގޮތަށް ހުރި ސައިކަލުތަކާއި ކާރުތަކާއި ޕިކަޕްތައް ވެސް ނަގަމުންނެވެ.
މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް